އެމިރޭޓްސްއިން ލަންކާއާ ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް އަލުން ފަށައިފި

އެމިރޭޓްސް އިން ރާއްޖެ އާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ. ދަތުރުތައް މެދުކަނޑާލީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މެދުއިރު މަ...

01 Jul 2026 | 02:56
އެމިރޭޓްސްގެ ފްލައިޓެއް --

އެމިރޭޓްސްގެ ފްލައިޓެއް --

އެމިރޭޓްސް އިން ރާއްޖެ އާއި ސްރީލަންކާގެ ކޮލަމްބޯއާ ދެމެދު ކުރަމުންދާ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށް ފަހު އަލުން ފަށައިފި އެވެ.

ދަތުރުތައް މެދުކަނޑާލީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު މެދުއިރު މަތީގައި ފެށުނު ހަނގުރާމަ އާއި ގުޅިގެންނެވެ. އަލުން ދަތުރުތައް މިފެށީ ހަތަރު މަސް ފަހުންނެވެ.

ހަނގުރާމަ އާއި ގުޅިގެން އެމިރޭޓްސްއިން ވަނީ 2000 އަށްވުރެ ގިނަ ދަތުރު ކެންސަލް ކޮށްފައި އެވެ.

އެމިރޭޓްސްގެ އިތުރުން މެދުއިރުމަތީގެ ގުމުތަކުގެ ހުރިހާ އެއާލައިންތަކަށް ހަނގުރާމައިގެ ސަބަބުން ދަތުރުތައް މެދުކަނޑާލަން ޖެހުނެވެ. އޭގެ ތެރޭގައި އިއްތިހާދް އެއާވޭސް، ގަތަރު އެއާވޭސް ފަދަ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގިނަ ދަތުރުތަކެއް ކުރާ އެއާލައިންތައް ހިމެނެ އެވެ.

އެ އެއާލައިންތަކުގެ ދަތުރުތައް މެދުކަނޑާލަން ޖެހުމުން ރާޢްޖޭގެ ޓޫރިޒަމަށްވެސް ބޮޑު ގެއްލުމެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް