ކޯވިޑް-19 އަށް އިތުރު 21 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ ތިން ދިވެއްސަކާއި 18 ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 17 މީހަކާއި ސްރީލަންކާ މީހެކެވެ.
މިއަދު ބަލިން ރަނގަޅުވެފައިވަނީ 10 މީހުންނެވެ. މިހާރު ބައްޔަށް ފަރުވާދެމުންދަނީ 414 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނީ ފަސް މީހަކަށެވެ.
ރާއްޖެއިން އެންމެ ގިނައިން ވައިރަހަށް ޕޮސިޓިވްވެފައިވަނީ އުމުރުން 18 އަހަރާއި 41 އަހަރާއި ދެމެދުގެ މީހުންނެވެ. އެޗްޕީއޭއިން ބުނީ ރާއްޖެއިން ޕޮސިޓިވްވާ ގިނަ މީހުންގެ ދިފާއީ ނިޒާމު ވަރުގަދަ ކަމަށެވެ.
މި ބަލީގައި ހާލު ސީރިއަސް ވަނީ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.
މިހާތަނަށް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،382 މީހުންނެވެ. އޭގެ ތެރެއިން 1،954 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވަނީ ނުވަ މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބަންގްލަދޭޝް މީހުންގެ އިތުރުން ފިލިޕިންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް