މާލެ އަންނަން ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި

މާލޭ ސިޓީއަށް އަންނަން ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ. ކޯވިޑް-19 އާންމުގެ މެދުގައި ފެތުރެން ފެށުމާއި އެކު މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްދަ ނެތި މާލެއަށް އަރާ ފޭ...

01 Jul 2020 | 08:28

މާލޭ ސިޓީއަށް އަންނަން ހުއްދަ ހޯދަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ކޯވިޑް-19 އާންމުގެ މެދުގައި ފެތުރެން ފެށުމާއި އެކު މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްދަ ނެތި މާލެއަށް އަރާ ފޭބުން އޮތީ މަނާ ކުރެވިފައި އެވެ. މުދާ ބަލައި އަންނަ ބޯޓު ފަހަރުގެ ފަޅުވެރިންވެސް މާލެއަށް ފޭބުމަކީ މަނާ ކަމެކެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިފައިވާތީ ލޮކްޑައުންއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދޭން އެޗްޕީއޭއިން ވަނީ ފަށާފައި އެވެ. އެގޮތުން ލުއިދިނުމުގެ ތިން ވަނަ މަރުހަލާގެ ދަށުން މިއަދުން ފެށިގެން މާލެ އަންނަން ފުލުހުން ނުވަތަ އެންއީއޯސީ މެދުވެރިކޮށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެކަމަކު ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް މާލެއިން ރަށްރަށަށް ދާ މީހުން 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ އެވެ. މާލެއިން ރަށްރަށަށް ދެވޭނީ ވަގުތީ ގޮތުން މާލެ އައިސް ތިބި މީހުންނަށެވެ.

އެޗްޕީއޭއިން ބުނީ ކޯވިޑް ނެތް އާންމު ހާލަތުގައި ހުރި ރަށްރަށުގައި އެއް ރަށުން އަނެއް ރަށަށް ދިއުމުގައި އެއްވެސް ހުރަހެއް ނެތެވެ. އަދި އެ ރަށްރަށަށް ފެރީގެ ހިދުމަތްވެސް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް