ދަތުރު ކުރަމުންދިޔަ ލޯންޗެއްގައި ރޯވެ ބަޔަކު ފިހިއްޖެ

ތ. އަތޮޅުގައި ހިންގާ ކޯމޯ މާލިފުށި ރިސޯޓުގެ ލޯންޗެއްގައި އަލިފާން ރޯވެ ދެމީހަކު ފިހިއްޖެ އެވެ. ފުލުހުން ބުނީ މިއަދު މި ހާދިސާ ހިނގާފައިވަނީ އެ ލޯންޗު މާލެ ދަތުރުކުރި މަގުމަތީގައި އެ އަތޮޅު ގުރައިދޫއަށ...

01 Jul 2020 | 06:06

ތ. އަތޮޅުގައި ހިންގާ ކޯމޯ މާލިފުށި ރިސޯޓުގެ ލޯންޗެއްގައި އަލިފާން ރޯވެ ދެމީހަކު ފިހިއްޖެ އެވެ.

ފުލުހުން ބުނީ މިއަދު މި ހާދިސާ ހިނގާފައިވަނީ އެ ލޯންޗު މާލެ ދަތުރުކުރި މަގުމަތީގައި އެ އަތޮޅު ގުރައިދޫއަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. ލޯންޗުގައި ރޯވެފައިވަނީ ގުރައިދޫ ބޭރުގައި އޮއްވަ އެވެ.

އަލިފާން ރޯވި އިރު ލޯންޗުގައި ހަ މީހުން ތިއްބެވެ. ފުލުހުން ބުނީ އޭގެ ތެރެއިން ދެ މީހަކު މި ހާދިސާގައި ފިހިފައިވާ ކަމަށެވެ.

އެމީހުންނަށް މާލިފުށި ރިސޯޓުގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ފުލުހުންނާއި މާލިފުށި ރިސޯޓުގެ މުވައްޒަފުންނެވެ.

ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް