ލޮކްޑައުންގެ ތިން ވަނަ މަރުހަލާގައި މިއަދުން ފެށިގެން ބޮޑެތި ލުއިތަކެއް!

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށްފައި ވާއިރު ތިން ވަނަ މަރުހަލާގައި މިއަދުން ފެށިގެން ލޮކްޑައުންއަށް ބޮޑެތި ލުއި ތަކެއް ދީފި އެވެ. އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ހުއްދައަކައި ނުލައ...

01 Jul 2020 | 05:53

ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންކޮށްފައި ވާއިރު ތިން ވަނަ މަރުހަލާގައި މިއަދުން ފެށިގެން ލޮކްޑައުންއަށް ބޮޑެތި ލުއި ތަކެއް ދީފި އެވެ.

އެޗްޕީއޭއިން ބުނީ މިއަދުން ފެށިގެން ހުއްދައަކައި ނުލައި މާލޭ ސިޓީގެ މަގުމަތީގައި ފަތިހު 5:00 ން ރޭގަނޑު 11:00 އަށް އުޅެވޭނެ ކަމަށެވެ. މިވަގުތުތަކުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށްވެސް މަގުމައްޗަށް ނުކުމެ އުޅެވޭނެ އެވެ.

އާންމުތަންތަނުގައި ކުރިން އެންމެ ގިނަވެގެން އުޅެވެނީ ތިން މީހުންނަށް ކަމަށްވިޔަސް މިއަދުން ފެށިގެން އެއްތަނެއްގައި ގިނަ ވެގެން 30 މީހުންނަށް އުޅެވޭނެ އެވެ. އެކަމަކު އެކަކު އަނެކަކަށް ތިން ފޫޓުގެ ދުރުމިން ބަހައްޓައިގެން މަގުމަތީގައި އުޅުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

މިއަދުން ފެށީގެން ސަރުކާރު އޮފީސްތަކާއި އަމިއްލަ ކުންފުނިތައް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައި އެވެ. އެކަމަކު އެޗްޕީއޭއިން ކަނޑައަޅާ ވަކި ގައިޑްލައިންތަކަކަށް އަމަލު ކުރަން ޖެހެ އެވެ.

ސްޕާ، ޖިމް، ކެފޭ/ ރެސްޓޯރެންޓް ފަދަ ތަންތަންވެސް އާންމުކޮށް ހުޅުވުމުގެ ހުއްދަ ދީފައިވެ އެވެ. އެކަމަކު އެޗްޕީއޭގެ ގައިޑްލައިނާއި އަމަލު ކުރުމަށް އެއްގޮތަށް އަންގާފައިވާއިރު އެފަދަ ތަންތަނުގައި އުޅެންޖެހެނީ މާސްކު އަޅައިގެންނެވެ.

ސްކޫލްތަކާއި ކޮލެޖު، ޔުނިވާސިޓީތައް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަ ދީފައިވެ އެވެ. ސްކޫލްތަކުގައި އަމަލު ކުރާނީ އެޗްޕީއޭއާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެން އެކުލަވާލާފައިވާ އުސޫލުތަކަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި މަތީތައުލީމު ދޭ މަރުކަޒުތަކުގައި އަމަލު ކުރާނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަމަލު ކުރުމަށް ކަނޑާއަޅާފައިވާ އުސޫލުތަކާއި އެއްގޮތަށެވެ.

ބޭންކުތަކުގައި އަމަލު ކުރާނެ ގޮތް އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ކުރިން އާންމު ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

ކޯވިޑް-19 ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާއިރު މިހާރު ބައްޔަށް ޕޮސިޓިވްވާ މީހުން ފެންނަނީ މާލެއިން އެކަންޏެވެ. މިހާތަނަށް ރާޢްޖެއިން ބައްޔަށް ޕޮސިޓިވްވެފައިވަނީ 2.361 މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް