މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 56 މީހުން ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދު ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 29 ބިދޭސީންނެވެ.
މަބްރޫކް ވިދާޅުވީ މިއަދު ޖުމްލަ 979 ސާމްޕަލްގެ ނަތީޖާ ލިބުނު ކަމަށެވެ. ޕޮސިޓިވްވެފައިވަނީ އޭގެތެރެއިން 56 ސާމްޕަލެއް ކަމަށެވެ.
މިއަދު ބަލިން 35 މީހަކު ރަނގަޅުވި އެވެ. އެއާއި އެކު ބަލިން ރަނގަޅުވި ޖުމްލަ އަދަދަކީ 488 މީހުންނެވެ.
އެޗްޕީއޭއިން ބުނީ މިހާރު 27 ޕަސެންޓު މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 އަށް 1829 މީހަކު ޕޮސިޓިވްވެފައިވެ އެވެ.
މި ބަލީގައި މިހާތަނަށް ހަ މީހަކު ވަނީ މަރުވެފައި އެވެ. މަރުވެފައިވަނީ ތިން ބަންގްލަދޭޝް މީހުންނާއި ތިން ދިވެހިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް