ކޯވިޑް ޖެހިގެން މަޝްހޫރު މިއުޒިކް ޑައިރެކްޓަރު ވާޖިދު ހާން މަރުވެއްޖެ

އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ވާޖިދް ހާން ކޯވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އޭނާ ކޯވިޑަށް ޕޮސިޓިވްވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މީގެ ހ...

01 Jun 2020 | 12:08

އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ވާޖިދް ހާން ކޯވިޑް-19 ޖެހިގެން މަރުވެއްޖެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ ކޯވިޑަށް ޕޮސިޓިވްވެގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އޭނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާތާ ހަތަރު ދުވަސް ފަހުން ރޭ ދަންވަރުގެ ވަގުތެއްގައި އެވެ.

އޭނާ ކޯވިޑަށް ޕޮސިޓިވްވުމައި އެކު ވަނީ ކިޑްނީގައި އިންފެކްޝަނެއް އުފެދިފައި އެވެ. ވާޖިދުގެ އާއިލާއިން ބުނީ އޭނާގެ ހާލު ސީރިސްވީ ކޯވިޑް ޖެހުމާއި އެކު ކިޑްނީގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުންނެވެ.

އޭނާގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު1:00 ގައި އެވެ. ޖަނާޒާގައި ބައިވެރިވުމުގެ ހުއްދަ ދީފައިވަނީ އާއިލާ އާއި ރަހުމަތްތެރިން ހިމެނޭ ގޮތަށް20 މީހުންނަށެވެ.

ވާޖިދު މަރުވުމާއި ގުޅިގެން ބޮލީވުޑްގެ މަޝްހޫރު ތަރިންނާއި ލަވަކިޔުންތެރިން ދަނީ ހިތާމަފާ ޅުރަމުންނެވެ. ވާޖިދު ވެގެން ގޮސްފައިވަނީ ކޯވިޑް ޖެހިގެން މަރުވި އިންޑިއާގެ ފުރަތަމަ ފަންނާނަށެވެ.

ވާޖިދަކީ އޭނާގެ ކޮއްކޮ ސާޖިދާ ގުޅިގެން މިއުޒިކް ހަދަމުން ދިޔަ ފަންނާނެކެވެ. އެގޮތުން އެ ދެ މީހުން މަޝްހޫރުވެފިއު ވަނީ މިއުޒިކް ޑުއޯ ސާޖިދު-ވާޖިދުގެ ގޮތުގަ އެވެ.

ވާޖިދު އެންމެ ގިނައިން މިއުޒިކް ހަދާފައި ވަނީ އެ ދެ މީހުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ސަލްމާން ހާންގެ ފިލްމުތަކަށެވެ. އެ ދެ މީހުން މިއުޒިކް ޑައިރެކްޓަރުންގެ ގޮތުގައި މަޝްހޫރުވެގެން ދިޔައީ ސަލްމާން 1998 ގައި ކުޅުނު ފިލްމު "ޕިޔާރު ކިޔާ ތޯ ޑަރުނާ ކިޔާ" އާ އެކީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް