ކޯވިޑް-19 ގައި ރާއްޖެއިން ހަ ވަނަ މީހަކު މަރުވެއްޖެވެ.
އެޗްޕީއޭއިން ބުނީ މިއަދު މަރުވެފައިވަނީ ބަންގްލަދޭޝް މީހެއް ކަމަށެވެ. އެއީ އުމުރުން54 އަހަރުގެ މީހެކެވެ.
އެމީހާ މަރުވެފައިވަނީ ކޯވިޑް ޖެހިގެން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު2:30 ގައި އެވެ. މިމީހާއަށް ފަރުވާ ދެމުން ދިޔައީ އައިސީޔޫގައި ކަމެއް ނޭނގެ އެވެ.
އެ ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ދެމީހަކަށް ފަރުވާ ދެމުންނެވެ. އެ ދެމީހުންނަކީ ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދާ މީހުންނެވެ.
https://twitter.com/HPA_MV/status/1267416743275872256
މިއާއި އެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ހަޔަކަށްއެރީއެވެ. ކޯވިޑް ޖެހިގެން ރާއްޖޭގައި މަރުވެފައިވަނީ ތިން ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.
މަރުވި ބަންގްލަދޭޝްގެ އަނެއް ދެމީހުންނަކީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. އެގޮތުން އެކަކީ ހިތުގެ ބަލި ހުރިމީހެވެ. އަނެއް މީހާ މަރުވެފައިވަނީ ނާރެއް ފިތިގެން ސިކުނޑިއަށް ލޭ އަރައި ފިޓު ޖެހިގެންނެވެ. އައިޖީއެމްއެޗުން ލަފާ ކުރި ގޮތުގައި އެމިހާ އަކީ ކެންސަރު ބަލި ފަދަ ބައްޔެއް ޖެހިފައިވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް