ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕްއަށް ކުރިމަތިލާން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސީދާ ސްކޮލަޝިޕް ހޯދުމަށް ވަކިން ހުށަހަޅަން ނުޖ...

01 Jun 2020 | 07:45

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސީދާ ސްކޮލަޝިޕް ހޯދުމަށް ވަކިން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ދަރިވަރު ކިޔަވަން ހަމަޖައްސާފައިވާ ޔުނިވާސިޓީ އާއި ކޯހާ ގުޅޭ ފުރިހަމަ މައުލޫމާތު ހުށަހަޅަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.

ރައީސްގެ ސްކޮލަޝިޕް ދެމުން އަންނަނީ އޭ ލެވެލް އިން ފަސް މާއްދާ އިން އޭ ސްޓާ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ހޯދާ ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އެ ދަރުވަރުންނަށް ދުނިޔޭގެ ކޮންމެ ގައުމަކުން ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބެ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ދެމުން އަންނަނީ ފަސް މާއްދާއިން އޭ ހޯދާ ދަރިވަރުންނަށް ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ހާސިލްކޮށްފައިވާ ދަރިވަރުންނަށެވެ. އެ ސްކީމްގެ ދަށުން ސާކުގެ ގައުމުތަކާއި މެލޭޝިޔާ، ތައިލެންޑު، ފިލިޕީންސް، ޗައިނާ އަދި އޯއީސީޑީ ގައުމުތަކުގައި މަތީ ތައުލީމް ހާސިލްކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ މައި އެޑިއުގެ ޕޯޓަލް، myedu.egov.mv މެދުވެރިކޮށް ކޯސްތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ.

މި ސްކޮލާޝިޕްތަކުގައި ކިޔަވަން ފަށަން ބޭނުންވާ ކުދިން18 މަސް ދުވަސްތެރޭގައި ކިޔަވަން ފަށަން ޖެހެ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ނޮވެމްބަރު30 ވަނަ ދުވަހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް