އަންނަ އަންގާރަ ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގެންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ 22 (4 މެއި) ވަނަ ދުވަހުން ފެށިގެން ރޯދަ މަހުގެ 29 (11 މެއި) ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކުން ދާން ޖެހެނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒަށެވެ.
މިއަހަރު ގޮވާމުން ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގެންނަމުންދަނީ ބަނޑުކެއުމުގެ ގޮތުގައި އާންމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ ގޮވާމެވެ.
ގޮވާމުން ޒަކާތް ބަލައިގެންނަ ގަޑިތައް:
ހެނދުނު 10:00 ން12:00،
މެންދުރު:1:00 ން2:30
ރޭގަނޑު9:00 ން10:30
ހުކުރު ދުވަސް ބަންދު
ގޮވާމުން ޒަކާތް ބަލައިގަތުމުގައި ދަރުމަވެރިންގެ ގޮތުގައި ބައިވެރިވެ އިސްލާމިކް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ދަރުމަވެރިންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރާތްތަކުން ގުޅަން ޖެހެނީ 9136188 / 7975713 ނަމްބަރު ފޯނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް