ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒަށްފަހު 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގަޓިވް ޕީސީއާރު ރިޒަލްޓާއެކު އދ. ދަނގެއްޗަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަމްޒީ ވިދާޅުވީ ޕޮޒިޓިވް ވި ފަރާތް ރަށަށް ދިޔަތާ ދެތިން ދުވަހެއް ވެދާނެ ކަމަށެވެ. އެމީހާ ނިސްބަތްވާ ގެވެސް މިހާރު މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާކަމުގައިވެސް ރަމްޒީ ވިދާޅުވިއެވެ.
ދަނގެތި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާއިރު އެ ރަށުގެ ޓާސްކުފޯހުން މިހާރު އަންނަނީ އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް