މާންދޫ ކްލަސްޓާ: އިސްދޫން މީހަކު ޕޮޒިޓިވް ވެ ބައެއް ގޭގެ މޮނީޓަރިން ހާލަތަށް

ލ. މާންދޫގައި އުފެދުނު ކޮވިޑް ކްލަސްޓާ އާއި ގުޅުން ހުރި މީހަކު ލ. އިސްދޫން ޕޮޒިޓިވް ވުމުން އެ ރަށުގެ ބައެއް ގޭގެ މޮނީޓަރިން ހާލަތަށްގެންގޮސްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އިސްދޫ ކައުންސިލްގެ ރަ...

01 May 2021 | 14:15

ލ. މާންދޫގައި އުފެދުނު ކޮވިޑް ކްލަސްޓާ އާއި ގުޅުން ހުރި މީހަކު ލ. އިސްދޫން ޕޮޒިޓިވް ވުމުން އެ ރަށުގެ ބައެއް ގޭގެ މޮނީޓަރިން ހާލަތަށްގެންގޮސްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އިސްދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޚަލީލް ވިދާޅުވީ ޕޮޒިޓިވް ވީ ދަނބިދޫން ޕޮޒިޓިވް ވި މީހެއްގެ ކޮންޓެކްޓް ކަމަށެވެ. ޕޮޒިޓިވް ވި އިރު ހުރީ ހޯމް ކަރަންޓީނުގައި ކަމަށެވެ. ނަމަވެސް ގިނަ ބަޔަކާ އޭނާ ކޮންޓެކްޓް ވެފައިވާތީ ކޮންޓެކްޓް ޓްރޭސިން މިހާރު ކުރިއަށްދާ ކަމަށާއި މިރޭ ސާމްޕަލް ނަގާނެ ކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

އިސްދޫ ކައުންސިލުން ބުނެފައިވާގޮތުގައި މި ޕޮޒިޓިވް ކޭސްއާއި ގުޅިގެން ފަސް ގެއެއް ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ.

ލ. މާންދޫ ކްލަސްޓާ މިހާރު މިވަނީ މާންދޫގެ އިތުރު އެ އަތޮޅުގެ ހަތަރު ރަށަކަށް ފެތުރިފައެވެ. އެއީ ލ. ގަމާއި ލ. ފޮނަދުއާއި ލ. ދަނބިދޫގެ އިތުރުން ލ. އިސްދޫއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާންދޫ ކްލަސްޓާގެ ޖުމްލަ އަދަދު ވަނީ 261 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް