މާފުށިން ކޯވިޑަށް ޕޮސިޓިވް ވި މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް

ކ. މާފުށިން ކޮވިޑް-19 އަށް ޕޮސިޓިވް މީހުންގެ އަދަދު 309 އަށް މިއަދު އަރައިފިއެވެ. މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން އެ ރަށަށް އަރައި ފޭބުން މަނާކުރީ މިދިޔަ މަހުގެ 20 ވ...

01 May 2021 | 11:08

ކ. މާފުށިން ކޮވިޑް-19 އަށް ޕޮސިޓިވް މީހުންގެ އަދަދު 309 އަށް މިއަދު އަރައިފިއެވެ.

މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19 އަށް ޕޮސިޓިވްވެގެން އެ ރަށަށް އަރައި ފޭބުން މަނާކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި ކޮންޓެކްޓް ޓްރޭސިން މަސައްކަތް ކުރިއަށް ގެންދިއުމުން އެ ރަށުގައި ވަރަށް ބޮޑަށް ބަލި ފެތުރިފައި އޮތް ކަން އެނގުނެވެ. އެ ރަށުން ފެނުނު ކޯވިޑް-19ގެ ކޭސްތަކާ ގުޅިގެން ގިނަ އަދަދެއްގެ ގެތައް މިހާރު ހުރީ ކަރަންޓީންކޮށްފައެވެ.

މާފުށީގައި މިދިޔަ މަހު ކޯވިޑް-19 ފެތުރެން ފެށި ފަހުން މިހާތަނަށް 12،00 އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވާ އިރު، 100 ސާމްޕަލްއެއްގެ ނަތީޖާ ލިބިފައި ނުވެއެވެ. އަދި ކޯވިޑް-19ގެ އިތުރު ސާމްޕަލްތައް ރަށު ތެރެއިން ނެގުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ދެއެވެ.

\ރަށުގެ މިވަގުތު ހާލަތަށް ބަލާ އިރު، އެޑްމިޓްކޮށްގެން އެއްވެސް މީހަކަށް ފަރުވާ ދެމުން ނުދެއެވެ. އަދި އެއްވެސް މީހެއްގެ ހާލު ބޮޑުވެގެން ރިޕޯޓުކޮށްފައި ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް