އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މިއަދު ޕޮޒިޓިވްވި އެ މީހާއަކީ ފޭދޫ މީހެކެވެ.
އޭއީއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލޫ ކުލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވުމުން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އޭއީއެޗްގައި ހިންގަމުން އަންނަ ފްލޫ ކްލިނިކު އަނެއްކާވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޕޮޒިޓިވްވީ މީހާ އާއި ގިނަ ބަޔަކު ވަނީ ކޮންޓެކްޓު ވެފައެވެ. އޭގެ ތެރޭގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ މީހުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް