މި ފަހަކަށް އަހިސް މީސްމީޑިޔާގައި ވަރަށް އާއްމުކޮށް ޚަބީ ގެ ވީޑިއޯތައް ދައުރުވެއެވެ.
ޚަބާނޭ ލޭމް އޭ ބުނުމުން ނޭނގިދާނެއެވެ. ނަމަވެސް ހަަމަ ހީވެސް ނުލާ އިނދެ، ދިރިއުޅު ކަންކަން ފަސޭހަ ގޮތް ގޮތް ބުނެދޭ މީހާއޭ ބުނުމުން އެނގޭނެއެވެ. ޓިކްޓޮކްގައި އާއްމުކޮށް މީހުން ލަވަކިޔުމާއި އެކްޓްކުރުން ދައްކުވައިދޭއިރު، ޚަބީ މި ކުރާ ކަމަކުން އެންމެން ހެއްވާލައެވެ.
2000 މާރްޗް9 ވަނަ ދުވަހު އުފަންވި ޚަބާނެ ލޭމް ވަނަމެއްގެ ގޮތުގައި ބޭނުންކުރަނީ 'ޚަބީ' އެވެ. ރާއްޖޭގައި މީސްމީޑިޔާތަކުގައި ް މިފަހުން ހަކުވިކަމާއެކު ދައުރުވި ޚަބީ އަކީ ހަމަ ހަގީގަތުގައިވެސް ވަރަށް މަޝްހޫރު މީހެކެވެ.
އެގޮތުން އޭނާގެ އިންސްޓަގްރާމް އެކައުންޓެއްގެ އިތުރުން ޓިކްޓޮކްގައިވެސް ގިނަ އަދަދެއްގެ މީހުން ތިބެއެވެ.
އޭނާގެ އިންސްޓަގްރާމްގައި އަބަދުވެސް4 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން އެކްޓިވްކޮށް އުޅެއެވެ. އެހެން މީހުންވެސް އޭނާގެ ނަމުގައި އެތަކެއްގިނަ އިންސްޓަރްގާރް އެކައުންޓް ހުޅުވައިގެން އުޅޭއިރު، ޚަބީގެ ވެރިފައިޑް އިންސްޓަގްރާމް އެކައުންޓް ފޮލޯކުރާ މީހުންގެ އަދަދު6 މިލިއަނަށް އަރައެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާގެ ޓިކްޓޮކް އެކައުންޓަގައި އެކްޓިވް25 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.
ދިގުމިނުގައި ހަ ފޫޓް އެއް އިންޗި އަދި ބަރުދަނުގައިި75 ކިލޯ ހުންނަ ޚަބީ، އޭނާގެ ރައްޓެހިންނާއި އާއިލާ މީހުންނާ ބެހޭގޮތުން މާގިނަ މައުލޫމާތެއް މީޑިޔާއަށް ތިލައެއް ނުކުރެއެވެ.
ސޯޝަލްމީޑިއާ އިންފްލުއެންޒާ ޚަބީ އަކީ މަޝްހޫރު ޓިކްޓޮކް ސްޓާރެއްގެ އިތުރުން ގޭމްކުޅެން މޮޅު މީހެކެވެ. ޚަބީގެ ހަޔާތުގެ ބައިވެރިޔާ ނޭނގުނަސް، އެނގޭކަމަކީ، މިހާރު ޚަބީ ހުރީ އެންގޭޖް ވެގެން ކަމެވެ. އެމީހަކު ކޮންމެ ދުވަހަކު ހޭނެވަރު އަންދާޒާކުރަން ވެސް ނޭނގެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް