މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެެރި ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެެރި ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީހް ދެއްވައިފިއެވެ. މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ...

01 May 2021 | 08:22

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެެރި ކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލީހް ދެއްވައިފިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފައިވެއެވެ. ރައީސް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އިގްތިސާދަށް ކޮށްފައިވާ އަސަރުތަކުން އަރައިގަތުމަށް މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އިގްތިސާދުން ވެސް އެކަން ފެންނަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ޞާލިޙް ވަނީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

https://twitter.com/ibusolih/status/1388389900198703104?

މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ވަނަ ދުވަހެވެ. ރާއްޖޭގައި މިދުވަސް ފާހަގަ ކުރަން ފެށީ 2008 ވަނަ އަހަރު ވަޒީފާއާއި ބެހޭ ގާނުނަށް އަމަލުކުރަން ފަށައި މަސައްކަތްތެރިންނަށް ގިނަ ހައްގުތަކެއް ކަށަވަރު ކޮށްދިނުމަށް ފަހުގަވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މެއި އެއްވަނަ ދުވަހަކީ ބަންދު ދުވަހެކެވެ. އެގޮތުން ރާއްޖޭގައި ވެސް މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް