އަވަށްޓެރި އިންޑިއާގައި މިވަގުތު ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވުމާއި ގުޅިގެން ދުނިޔޭގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރެއާލް މެޑްރިޑްގެ އިތުބާރު ޑިފެންޑަރ ސާޖިއޯ ރާމޯސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ސްޕެއިންގެ ގައުމީޓީމުގައިވެސް ހިމެނޭ ރާމޯސް އިންޑިއާގެ މިވަގުތު ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެ އިންޑިއާއިން ގ9ިނަ ކުޑަކުދިންތަކެއް މަރުވަމުންދާތީއާއި އެކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ޔުނިސެފްގެ ރަސްމީ ވެބްސައިޓާއި ލިންކުރައްވާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިންޑިއާއިން ކޮންމެ ދުވަހަކުވެސް އެތަކެއް ކުޑަކުދިންނެއް މަރުވަމުންދާ ކަމަށާއި އެމީހުންނަށް އަހަރެމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.
" ކޮވިޑް-19 ގެ ކޭސްތައް އިތުރުވަނީ. މަރުވާ މީހުންގެ އަދަދުދަނީ އިތުރުވަމުން.5 އަހަރުން ދަށުގެ އެންމެ ގިނަ ކުޑަކުދިން މަރުވަމުންދާ ރޭޓް ދަނީ އިތުރުވަމުން. ދުނިޔޭގައި އެންމެ ގިނަ ކުޑަކުދިން މަރުވަމުންދާ ގައުމަކަށް އިންޑިއާ ވުމުގެ ބިރުވެރިކަން އެބައޮތް. އެމީހުންނަށް ވަރަށް އާޖެންޓްކޮށް އަހަރެމެންގެ އެހީތެރިކަން ބޭނުންވޭ. ރާމޯސްކުރި ޓްވީޓުގައި ބުނެފައިވެއެވެ.
ރާމޯސް ޓްވީޓެއްކޮށް އިންޑިއާގެ މަރުވަމުންދާ ކުޑަކުދިންނަށް ވީހާވެސް އަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިދުނިޔޭގެ ކުޑަކުދިންގެ ހައްޤުތަކާއި ބެހޭ ބައިނަލްްއަޤުވާމީ މައި ޖަމްޢިއްޔާ ޔުނިސެފްއަށް އާދޭސް ދެންނެވިއިރު، އިންޑިއާގެ ކޮވިޑް-19ގ ހާލަތު އަންނަނީ ދުވަހެއް ދުވަހަކަށް ގޯސަވްމުންނެވެ.
އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯހުންގޯހަށްދާއިރު، އެ ބައްޔަށް ފައްސިވާމީހުންގެ އަދަދުވެސް ދަނީ ދުވަހަކަށްވުރެ ދުވަހަކު އިތުރުވަމުންނެވެ. އެއްމެ ތަންކޮޅެއްވެސް އަދަދު ދަށެއް ނުވެއެވެ. ފައްސިވާ މީހުންގެ އަދަދުގެ އިތުރުން މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އިންޑިއާގެ ކޮވިޑް-19 ގެ ހާލަތަށް ނަޒަރުހިންގާލާއިރު، އެ ގައުމުން އެކަނިވެސް މިހާތަނަށް ޖުމްލަ 18.8 މިލިއަން މީހުންނަށް މި ބަލިޖެހިފައިވެއެވެ. އަދި މީގެ ތެރެއިން 15.4 މިލިއަން މީހުން ބަލިން ރަނގަޅުވިއިރު، ދެލައްކަ އަށްވުރެ ގިނަ މީޙުންވަނީ މި ބަލީގައި މަރުވެފައެވެ.
އިންޑިއާއިން އިއްޔެ އެކަނިވެސް 386452 މީހަކު ވަނީ ކޮވިޑްއަށް ފައްސިވެފައެވެ. އަދި އިއްޔެ އެކަނިވެސް 3489 މީހުން މި ބަލީގައި މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް