ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު އަމާންކަމާއި އެކު ކުރިއަށް

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުުުުރިއަށް އެެެެެބަދެއެވެ. އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން...

01 May 2021 | 07:11

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުުުުރިއަށް އެެެެެބަދެއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާ ރަށްރަށަކީ، ހއ. ތަކަންދޫ، ހއ. އުލިގަން، ނ. މަގޫދޫ، ރ. މާކުރަތު، ބ. ކެންދޫ، ބ. ކިހާދޫ، ވ. ފުލިދޫ، މ. ރަތްމަންދޫ، ފ. ދަރަނބޫދޫ، އަދި ލ. ކަލައިދޫ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ގެންގޮސްގައިވަނީ އޭޕްރީލް 10 ވަނަ ދުވަހުއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިފައިވަނީ ހޮނިހިރު ދުވަހު ހެނދުނު 9:00 ގައެވެ. ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހަވީރު 4 ޖެހުމާއި ހަމައަށެވެ.

އިންތިޚާބުގެ ދެވަނަ ބުރެއް ބައެއް ރަށްރަށުގައި ބޭއްވުމަށް ނިންމީ ބައެއް ދާއިރާތަކުގެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމުންނެވެ. އެއާއެކު ބައެއް ފޮށިތަކަށް ދާއިރާއިން ބޭރު މީހުން ވޯޓު ލާފައިވާތީ އެ ފޮށިތަކުގެ އިންތިޚާބު އަލުން ކުރިއަށް ގެންދިއުމަށް އިލެކްޝަންސްއިން ވަނީ ނިންމާފައެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ މެދުތެރޭގައި ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް