ސީޒަން ކުރަންވީ މޮޑެލް، ޔޫއްޕެ އުޅެންވީ އޮޅުވާލައިގެން ފައިސާ ހޯދަން: ރަވީ

ފިލްމު އިންޑަސްޓްރީގައި އުޅޭ ތަރިންގެ ތެރެިން މީހެއްގެ'ކެރިއަރ ސްވިޗް' ކުރަން ރަވީއަށް ފުރުސަތު ލިބިއްޖެ ނަމަ، ސީޒަން ފޮނުވާނީ މޮޑެލް ކުރަން ކަމަށާއި ޔޫއްޕެ އުޅެންވީ އޮޅުވާލައިގެން ފައިސާ ހޯދަން ކަމަށ...

01 May 2021 | 07:00

ފިލްމު އިންޑަސްޓްރީގައި އުޅޭ ތަރިންގެ ތެރެިން މީހެއްގެ'ކެރިއަރ ސްވިޗް' ކުރަން ރަވީއަށް ފުރުސަތު ލިބިއްޖެ ނަމަ، ސީޒަން ފޮނުވާނީ މޮޑެލް ކުރަން ކަމަށާއި ޔޫއްޕެ އުޅެންވީ އޮޅުވާލައިގެން ފައިސާ ހޯދަން ކަމަށް ރަވީ ބުނެފިއެވެ.

ބައިސްކޯފުން ގެނެސްދޭ 'ތުންތުންމަތިން' ޕްރޮގްރާމުގައި ރިޝްމީގެ މިހާރުވެ ފިރިމީހާ ރަވީ އާއި ކުރީގެ ފިރިމީހާ އަޒޭ ބައިވެރިވެއެވެ. އާއިލީ ދިރުއުޅުމުގެ ވާހަކައާއި ފިލްމު އިންޑަސްޓްރީގެ ވާހަކަތައް ދެއްކުމުގެ ތެރޭގައި ދެވޭ ޓާސްކްއެއްގައި، ސެލެކްޝަންއެއް ހަދަން ރަވީއަށް ލިބުނުން، އެކި ކަންކަމަށް އެކި މީހުން ކަނޑައަޅައެވެ.

އެގޮތުން 'ބެސްޓް ވީޑިއޯ އޮފް އޯލްޓައިމް' ގެ ގޮތުގައި ރަވީ ފާހަގަ ކުރީ 'ވައުދާ ހުވާ'، 'މީޓަރ ޑައުން' 'ހިތް ދީފީމޭ' އެވެ. އަދި ވީޑިއޯ ސޯންގް ދެޓް ޝުޑްބީ ބޭންޑް ގެ ކެޓަގަރީއަށް ރަވީ ހޮވީ ތިން ތިން ބަނޑިޔާ އާއި ރީތި ތޯތާއެވެ.

މޮސްޓް ޕްރޮމިސިންގް ނިއު ކަމާސްގެ ގޮތުގައި ރަވީ ނެގީ ރޯމަން އާއި ޝަރާއެވެ. ވީކަސްޓް ޑިރެކްޝަން އިން އަ މޫވީގެ ބައިގައި ަރަވީ ނެގީ ނިމާލްގެ ޓްރީ ކިޔާ ފިލްމެކެވެ.

ބެސްޓް އޯލްރައުންޑް ޑިރެކްޓަރ އަކީ ރަވީގެ ނަޒަރުގައި އިއްލެ އާއި ޝިނާންއެވެ.

އޭގެ ފަހުގައި، ފިލްމު އިންޑަސްޓްރީގައި އުޅޭ މީހެއްގެ 'ކެރިއަރ ސްވިޗް' ކުރަން ފުރުސަތު ލިބިއްޖެ ނަމަ ސީޒަން އަށް މޮޑެލްކުރުން ދޭނެ ކަމަށާއި ޔޫއްޕެއަށް ދޮގުހަދައިގެން ފައިސާ ހޯދޭނެ ކޮންމެވެސް ކަހަލަ މަސައްކަތެއްކަމަށް ރަވީ ބުނެއެވެ.އެއަށް އިތުރު ކޮށްލަމުން ރަވީ ބުނީ، ގިނަ ފަހަރަށް ގޭގެ ކުއްޔަށްދީގެން އެޑްވާންސްއަށް ބައިވަރު ފައިސާ ހޯދުން ފަދަ ކަންކަމެވެ.

އެންމެ މޮޅު އަދި އެންމެ ދެރަ ޓީވީ ސީރީޒްގެ ގޮތުގައި ސީރީޒްއެއް ނަގަން ޖެހުމުން، އެންމެ މޮޅު ސީރީޒް އެއްގޮތަށް ރަވީ ނެގީ އެހެނަސް ސީރީޒްއެވެ. އަދި އެންމެ ދެރަ ސީރީޒް އަގަށް ގަމިނި ފާހަގަކޮށް ރަވީ ބުނީ ގަމިނިއަށް ކޮށްފައިވާ ޚަރަދާ ކަންކަމަށް ބެލުމުން ގަމިނި 'ކަޑަ' ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް