ޓީވީއެމްގެ މިވަަގުތު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން މަނިކު ބުނެފައި ވަނީ ޝީލާގެ ކެފޭ ސާފުކުރުމާއި ގަންނަންވާ ތަކެތި ބާޒާރަށް ގޮސް ގަންނަނީ މަނިކު ކަމަށެވެ. މަނިކު ބުނީ ބޭރުމީހުން ލައްވާ ސާފުކުރުވުމުން ބޭނުންވާ ވަރަށް ރީތިކޮށް އޮފް ނުވާ ކަމަށެވެ.
" ކެފޭގަ އެއްޗެއް ހޯދަން ހުރިއްޔާ ބާޒާރަށް ގޮސް ގަންނަނީ. ދެން އެއެއްޗެގި ގެނެސްވައްދާ، ކެފޭ ސާފު ކުރާނީވެސް އަމިއްލަޔަށް. މަސައްކަތު މީހުން ލައްވާ ކުރީމަކާ އެ ފީލް އެއް ނާދޭ. ގިނަފަހަރަށް މީހުން ސާފުކުރީމަ ހުންނާނީ ތެޔޮކަމެއް ތަޅުންގަނޑުގަ. އެގޮތެއް ކަމަކު ނުދޭ. އޮފުވާން ޖެހޭނެ." މަނިކު ފާހަގަކޮށްލިއެވެ.
މިވަގުތު ޕްރޮގްރާމްގައިި، ރަމަޟާން މަހު މަނިކުގެ އެއްދުވަސް ހޭދަކުރާގޮތް ކިޔައިދެމުން މަނިކު ބުނީ، މެންދުރުކުރީ ދަރިން ސްކޫލަށް ދާން ޖެހޭ ދުވަސްދުވަހު، ދެކުދިން ސްކޫލަށް ގެންގޮަސް ގެނެސްހަދާ ކަމަށާއި، ސްކޫލަށް ގެންދަން ނުޖެހޭ ދުވަސްދުވަހު ދުވާލު ނިދަން ވަގުތުމާ ކަމަށެވެ.
އޭގެފަހުން ކެފޭ ސާފުކޮށް އެތަން ތައްޔާރު ކުރުމަށްފަހު، ރޯދަ ވީއްލުން ނޯންނަ ދުވަހެއް ނަމަ6.45 ހާއިރު ކެފޭ ހުޅުވާ ކަމަށާއި ރަމަޟާން މަހު ކެފޭގައި ރޯދަ ވީއްލުން ނުހަދާ ދުވަހެއްގައި އާއްމުކޮށް ޝެޑިއުލް ދާނީ މިހެންކަމަށް މަނިކު ބުންޏެވެ.
ކެފޭގައި9.45 ހާއިރު އުޅުމަށްފަހު، 'ކެފޭ ޕާޓްނާރ' ދެކުދިން އައުމުން، 10 ޖަހާކަންހާއިރު ގެއަށްގޮސް ތައްޔާރުވެގެން ކަސްރަތު ކުރަން ދާ ކަމަށް މަނިކު ބުންޏެވެ.
މަނިކް ބުނިގޮތުގައި ފިލްމީ ދާއިރާގެ މަސައްކަތްތައް ވެސް އެހަށް މަޑުޖައްސާލާފައި ވަނީ ކެފޭގެ މަސައްކަތް ފެށުުމުން ކަމަށާއި، ކެފޭގެ ކަންކަން ހަމަޔަކަށް އެޅުމުން ފިލްމު އިންޑަސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ޕްރެޒެންޓަރ ރިޟްވާން ވެސް ފާހަގަ ކުރި ފަދައިން މަނިކް އަކީ އަންހެނުންނަށް އެހީތެރިވުމާއި، އަމިލަ ކަންކަމަށް ވަގުތު ހުސްކުރުމުގެ އިތުރުން ކަސްރަތުކުރުމާއި މިފަދަ ކަންކަމަށް 'ވަރަށް ބެލެންސްކޮށް' ވަގުތު ހަމަޖައްސާ ފަންނާނެކެވެ.
ޝީލާ ބުނީ ރަމަޟާން މަހުގެ ކުރިން ގިނަ ވަގުތު އޭނާ ކެފޭގައި ހޭދަކުރާ ކަމަށެވެ. ނަމަވެސް މިހާރު ޝީލާގެ ޑިޝްތައް ކެފޭގައި މަދުކޮށްލާފައި ވާ ކަމަށެވެ. ސަބަބަކީ ރޯދަމަހު ބައެއް ތަކެތި މީހުން ބޭނުން ނުވާނެތީއާއި ރޯދަމަހު ދަރިން ގާތުގައި ގިނަ ވަގުތު ހޭދަ ކުރަން ކަމަށް ޝީލާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް