އިންޑިއާގައި އަނެއްކާވެސް އެއް ދުވަހުގެ ތެރޭގައި ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން އިއްޔެ އެކަނި 402،110 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މި މަހުގެ 14 ގައި ލައްކައެއްގައި އަދަދު ހުރުމަށްފަހު ހަމަ ކޮންމެ ދުވަކު އަދަދު އުފުލެމުން އައިސް ހަތަރު ލައްކައަށް މިވަނީ އަރާފައެވެ.
އިއްޔެ ހަތަރު ލައްކައަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު 3،522 މީހަކު އިއްޔެ މަރުވެފައިވެއެވެ. މިވެސް ރެކޯޑު އަދަދެކެވެ.
އިންޑިއާގެ ހާލަތު އިންތިހާއަށް ގޯސްވެފައިވަނީ ސިޔާސީ އަދި ދީނީ އެއްވުންތަކަށް ގައުމު މާ ބޮޑަށް ހުޅުވާލުމުގެ ސަބަބުންނެވެ.
ކޮވިޑު ކޭސްތައް މައްޗަށް ދިޔަދިޔައިނުން އިންޑިއާގެ ސިއްހީ ނިޒާމު ވަނީ ގާތްގަނޑަކަށްހެން ހުއްޓުމަކަށް އައިސްފައެވެ. އޮކްސިޖަން ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. ހޮސްޕިޓަލުތައް ވަނީ ފުރި ބާރުވެފައެވެ. ވެކްސިން ހުސްވެ ވެކްސިން ޕްރޮގްރާމްވެސް ބައެއް ބޮޑެތި ސަރަހައްދުތަކުގައި ވަނީ މެދުކަނޑާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް