ލ. މާންދޫއިން އުފެދި އަތޮޅުގެ އިތުރު ތިން ރަށަކަށް ފެތުރިފައިވާ މާންދޫ ކްލަސްޓާއިން އިތުރު އަށް މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 261 އަށް އަރައިފިއެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި އިއްޔެ އިތުރު އަށް މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މިހާތަނަށް 1057 ސާމްޕަލެއް ނަގާފައިވާއިރު ނަތީޖާ ނުލިބޭ 343 ސާމްޕަލެއް ވާކަމުގައިވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އެ ހޮސްޕިޓަލުން ބުނެފައިވާގޮތުގައި މާންދޫ އަދި ގަން ހިމެނޭހެން މި ކްލަސްޓާގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ވަނީ 251 އަށް އަރާފައެވެ. މީގެ އިތުރުން ފޮނަދޫގައި ހަ މީހަކު އަދި ދަނބިދޫގައި ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު މި ކްލަސްޓާގެ ޖުމްލަ އަދަދު މިވަނީ 261 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް