އަދަދު ނޫހުގެ ކެމެރާއާއި ލެންސް ވަގަށް ނަގައިފިއެވެ.
އެކަން ހާމަކޮށް އެ ނޫހުގެ އިސްވެރިއެއް ކަމަށްވާ ހުސައިން ފިޔާޒް މޫސާ ބުނެފައި ވަނީ، ވަގަށް ނަގާފައި ވަނީ އަދަދު ނޫހުގެ މަސައްކަތަށް ގެންގުޅުނު SONY A7lll ކެމެރާ އާއި 2 ލެންސް ކަމަށެވެ.
މިރޭގެ ވަގުތެއްގައި ވަގަށް ނެގި މި ތަކެތި ވިއްކަށް އުޅޭނަމަ ނުގަނެ އަންގާލަދިނުމަށް ފިޔާޒް އެދިފައިވެއެވެ. އަދި އޮޅިގެން ވަގަށް ނެގުނު ނަމަ، އަނބުރާ ގެންގޮސް ދިނުން ފިޔާޒް އެދިފައިވެއެވެ.
މި ރަމަޟާން މަހުގައި ވެސް ވައްކަން ކުރުމުގެ މައްސަލަތައް ފެންމަތިވެފައި ވެއެވެ. އަދި އެފަދަ އެކިއެކި މައްސަލައިގެ ތަހުގީގަށް މީހުން ހޯދުމަށް ފުލުހުން ވަނީ ފޮޓޯއާއި ވީޑިއޯ އާއްމުކޮށް، އެމީހުން ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.
މި މަހުގެ26 ވަނަ ދުވަހު އިހުސާން ފިހާރައިން ވައްކަން ކުރި މީހެއް ހޯދުމަށްވެސް ފޮޓޯއާއި ވީޑިއޯ އާއްމުކޮށްފައި ވެއެވެ. އަދި އެމީހާ ހޯދައިދިން މީހަކަށް، އިހުސާން ފިހާރައިން ވަނީ ފައިސާގެ އިނާމުވެސް ހުށަހަޅާފައެވެ.
އަދި މި މަހުގެ27 ވަނަ ދުވަހު، އިސްލާމީ މަރުކަޒަށް ނަމާދަށް އެރި މީހެއްގެ ބޫޓު ވަގަށް ނެގި މައްސަލައިގައި ދެމީހަކު ހޯދަން ފުލުހުން ވަނީ ވީޑިއޯ އާއްމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް