މ. ކޮޅުފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވް ވެ، އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ. އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާކަން އެޗްއީއޯސީން ހާމަކޮށްފައިވާއިރު، އެ ރަށު ކައުންސިލް ރައީސް ހުސެއިން ޝާމިލް ވިދާޅުވީ އެ ލިޔުން އަދި ކައުންސިލަށް ލިބިފައިނުވާކަމަށެވެ. ރަށުގައި ޕޮޒިޓިވް އެކްޓިވް ކޭސްއެއް އުޅޭތޯ އެހުމުން ކައުންސިލް ރައީސް ވިދާޅުވީ ސީދާ މީޑިއާއަށް މައުލޫމާތު ހިއްސާ ނުކުރުމަށް އެޗްއީއޯސީން އަންގާފައިވާކަމަށެވެ.
ދުވަހަށް މައުލޫމާތުދެމުން އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ، ޕޮޒިޓިވް ވީ އެ ރަށާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއެއް ކަމަށެވެ. ޕޮޒިޓިވް ވީ އަލާމާތްތައް ހުރުމުން، ހެލްތު ސެންޓަރަށް ދެއްކުމުންކަމަށެވެ .
ރޭގައި ސާމްޕަލް ނެގިފަހުންވެސް އޭނާ ރަށުތެރޭގައި އުޅުނު ކަމަށްވެސް ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.
މ. ކޮޅުފުށި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާއިރު ކޮޅުފުށި ހިމެނޭހެން ރާއްޖޭގެ 23 ރަށެއް އޮތީ މޮނީޓަރިން ހާލަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް