އެންމެ ބޮޑު ދެ ކްލަސްޓާ: ކޮކާ ކޯލާ ކުންފުނި ކްލަސްޓާ އަދި ކޯވިޑް ވިލެޖް ކްލަސްޓާ

އިއްޔެއަކީ މިދިޔަ މަހުގެ 15ގައި މާލެއިން ކޯވިޑް-19 ފެނުނު ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދުވަހެވެ. އިއްޔެ އެކަނި 188 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވ...

01 May 2020 | 10:54

އިއްޔެއަކީ މިދިޔަ މަހުގެ 15ގައި މާލެއިން ކޯވިޑް-19 ފެނުނު ފަހުން މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވި ދުވަހެވެ. އިއްޔެ އެކަނި 188 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.

މި 188 މީހުންގެ ތެރެއިން 165 މީހުންނަކީ އެންމެ ދެ ކްލަސްޓާއަކަށް ނިސްބަތްވާ މީހުންނެވެ. އެއީ ކޯވިޑް ވިލެޖާ ގުޅުންހުރި ކްލަސްޓާ (ސީއޯވީ ކްލަސްޓާ) އަދި ކޮކާ ކޯލާ ކުންފުންފުންޏާ ގުޅުންހުރި ކްލަސްޓާ (ސީސީސީ ކްލަސްޓާ) އެވެ.

މި ކްލަސްޓާއަށް ވަކިން ބަލާލާއިރު ސީއޯވީ ކްލަސްޓާއިން އިއްޔެ 95 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި ސީސީސީ ކްލަސްޓާއިން 72 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މި ދެ ކްލަސްޓާގައިވެސް ހިމެނެނީ އިންޑިއާއަށް ނިސްބަތްވާ 32 މީހަކާއި ނޭޕާލަށް ނިސްބަތްވާ ދެމީހެކެވެ. ދެންތިބި އެންމެން ނިސްބަތްވަނީ ބަންގްލަދޭޝަށެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އަދަދު ޖުމްލަ 471 އަށް އަރާފައިވާއިރު އޭގެތެރޭގައި ހިމެނެނީ 148 ދިވެހިންނާއި 323 ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް