ހއ. ތަކަންދޫން ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އެ ރަށަށް އަންގައިފިއެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ތިން މީހުންނަކީ މިމަހުގެ 15 ވަނަ ދުވަހު، ކާވިޔާ ބޯޓުގައި އެ ރަށަށް ދަތުރުކުރި ތިން މީހެކެވެ. ޕޮޒިޓިވްވި ތިން މީހުންގެތެރޭގައި ހިމެނެނީ ދެ އަންހެނަކާއި އޭގެ އެއް އަންހެނެއްގެ ދަރިފުޅެވެ. އެ ކުއްޖާގެ އުމުރު އެނގިފައެއް ނުވެއެވެ.
ހަމަ އެ ބޯޓުން ދަތުރުކުރި މީހަކު ހއ. އުލިގަމުންވެސް ކުރިން ޕޮޒިޓިވް ވެފައިވެއެވެ.
މާލެ ސަރަހައްދ ފިޔަވާ، ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްރަށަކީ ހއ. އުލިގަމު، ށ. ނަރުދޫ ، ށ. މިލަންދޫ، ކ. ތުލުސްދޫ އަދި ހއ. ތަކަންދޫއެވެ.
މި މަހުގެ 15ގައި މާލެއިން ކޯވިޑް19 ފެނި، ކޮމިއުނިޓީ ސްޕެރަކަށް މި ވައިރަސް ގޮސްފައިވާއިރު މިހާތަނަށް ރާއްޖެއިން މި ވައިރަހަށް 471 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް