ފެލިވަރުން ޕޮޒިޓިވް ވި އަދަދު 245 އަށް

ޅ. ފެލިވަރުން ޕޮޒިޓިވް ވި އަދަދު 245 އަށް އަރައިފިއެވެ. މި އަދަދު 245 އަށް އަރާފައިމިވަނީ މިއަދު އިތުރު 95 މީހަކު ޕޮޒިޓިވް ވުމުންނެވެ. ފެލިވަރުގައި ޕޮޒިޓިވް ވެފައިވާ މީހުންނަށް ބަލާލާއިރު ހިމެނެނީ 109...

01 Apr 2021 | 17:17

ޅ. ފެލިވަރުން ޕޮޒިޓިވް ވި އަދަދު 245 އަށް އަރައިފިއެވެ.

މި އަދަދު 245 އަށް އަރާފައިމިވަނީ މިއަދު އިތުރު 95 މީހަކު ޕޮޒިޓިވް ވުމުންނެވެ.

ފެލިވަރުގައި ޕޮޒިޓިވް ވެފައިވާ މީހުންނަށް ބަލާލާއިރު ހިމެނެނީ 109 ދިވެއްސަކާއި 136 ބިދޭސީއެކެވެ.

ފެލިވަރުގެ އަދަދު 245 އަށް އަރާފައިވާއިރު ނައިފަރުގެ އަދަދުވެސް މިވަނީ ވަރަށް މަތިވެފައެވެ. އެގޮތުން ނައިފަރުގައި ޕޮޒިޓިވް އަދަދު އުޅެނީ 142ގައެވެ.

މުޅި ރާއްޖެއަށް ބަލާއިރު މިވަގުތު އެންމެ ބޮޑަށް ފެތުރެމުންދަނީވެސް ޅ. އަތޮޅުގައިކަން ފާހަގަކޮށްލެވެއެވެ. އެ އަތޮޅުގެ ހުރިހާ ރަށެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް