ވިމެން އިން ޓެކް މޯލްޑިވްސް އިން "މާރސްޓަރ ކްލާސް" ޑިޖިޓަލް ކޮމިއުނިކޭޝަން 101" ގެ ނަމުގައި ހިންގާ ޕްރޮގްރާމްގައި ގޯލްޑް ޕާރޓްނަރެއްގެ ގޮތުގައި އޫރީދޫއިން ބައިވެރިވެއްޖެއެވެ.
ވިޔަފާރި ނުވަތަ ބްރޭންޑް ކުރިއަރުވަން ކޮންޓެންޓް ތައްޔާރުކޮށް ކަސްޓަމަރުންނާއި މުއާމަލާތުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ މިޕްރޮގްރާމަކީ މީސްމީޑިއާ ބޭނުންކޮށްގެން ކަސްޓަމަރުންނާއި ފުރިހަމަ ގޮތެއްގައި މުޢާމަލާތު ކުރާނެ ގޮތްތައް ދަސްކޮށްދޭނެ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގައި ޓުވިޓަރ، އިންސްޓަރގްރާމް ފަދަ ޕްލެޓްފޯމްތަކުގައި ބޭނުންކުރާނެ ކޮންޓެންޓް ތައްޔާރުކުރުމާއި ކޮންޓެންޓް ކަސްޓަމަރުންނަށް އެންމެ ފުރިހަމަޔަށް ފޯރުކޮށްދޭނެގޮތް ކިޔައިދެވޭނެއެވެ. އޫރީދޫގެ ޕާރޓްނަރޝިޕްގެ ދަށުން 12 ސްޓާރޓްއަޕް ނުވަތަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މި ޕްރޮގްރާމްގައި ހިލޭ ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 5 ސެޝަނަކަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މެންޓަރިންގ ސަޕޯރޓުގެ ބައެއްވެސް ހިމެނޭނެއެވެ. ޕްރޮގްރާމް ކުރިއަށްދާއިރު ކޮންމެ މަޢުލޫއަކުން ކޮންޓެންޓް އުފެއްދުމުގެ ޕްރެކްޓިކަލް ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ބައިވެރިން ތައްޔާރުކުރާ ކޮންޓެންޓް އިތުރަށް ފުރިހަމަ ކުރުމަށް ވަކިވަކިން ބައިވެރިންނަށް އިރުޝާދު ދިނުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިޕްރޮގްރާމް ފެސިލިޓޭޓް ކޮށްދެއްވާނީ empoweringbrands.co ގެ ޑިރެކްޓަރު އަދި ފައުންޑަރ، ވިނީތީ ސިންގ އެވެ. އެމްޕަވަރިންގ ބްރޭންޑްސް އަކީ ކޮމިޔުނިކޭޝަން އަދި ސޯޝަލް މީޑިއާ ސްޓްރެޓެޖީ އުފެއްދުމުގެ އެކި ޓްރެއިނިންގ ޕްރޮގްރާމްތައް ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމެއްގައި ކުރިން ހިންގާފައިވާ ބައެކެވެ.
އެވްރެޖް ގޮތެއްގައި ކޮންމެ މީހަކު ދުވާލެއްގެ މައްޗަށް 2 ގަޑިއިރާއި 24 މިނިޓު އޮންލައިންކޮށް ހޭދަކުރެއެވެ. ގިނަ ކުންފުނިތަކުން މީސްމީޑިއާ މެދުވެރިކޮށް ތަކެއްޗާއި ޚިދުމަތް މާކެޓްކުރާއިރު، މިފަދަ ޕްރޮގްރާމަކުން އޮންލައިން ފަރާތްތަކަށް އިތުރު ފުރިހަމަކަމާއެކު މުއާމަލާތް ކުރާނެ ގޮތް ދަސްވެގެންދާނެއެވެ.
އުރީދޫ އިން ސްޕޮންސަރކުރާ ހިލޭ ޓިކެޓް ހޯއްދެވުމަށް ލިންކު ބޭނުންކުރައްވައިގެން ރަޖިސްޓަރީ ކުރެވޭނެއެވެ. ދަންނަވާފައިވާ ކެޓަރގަރީއަށް ފެތޭ ފަރާތްތަކަށް ރަޖިސްޓަރ ކުރާ ތަރުތީބުން ފުރުސަތުދެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
ރެޖިސްޓަރ ކުރެއްވުމަށް:
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް