ރާއްޖޭގައި މިއަދު ކޮވިޑަށް 300 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި މިއަދު މާލެ ސަރަހައްދުން 94 މީހަކު ޕޮޒިޓިވް ވެފައިވާއިރު އަތޮޅު ތެރެއިން 96 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވާއިރު ފެލިވަރުން އިތުރު 95 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ކޮވިޑުގެ އަދަދު މިއަދު 300 އަށް އަރާފައިވާއިރު ޖުމްލަ އަދަދު މިވަނީ 24،379 އަށް އަރާފައެވެ. 3،022 އެކްޓިވް ކޭސް ހުރި އިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން 101 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް