އައްޑޫ އިރުޝާދިއްޔާ ސްކޫލްގެ ކްލާސްރޫމްތަކެއްގެ މަސައްކަތް ނިންމަން ބީއޭޕީސީއަށް

އައްޑޫ ސިޓީ މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލްގެ ކްލާސް ރޫމްތަކެއްގެ ނުނިމި ހުރި މަސައްކަތްތަކެއް ނިންމަން ބީއޭޕީސީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ. މިމަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ...

01 Apr 2021 | 15:11

އައްޑޫ ސިޓީ މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލްގެ ކްލާސް ރޫމްތަކެއްގެ ނުނިމި ހުރި މަސައްކަތްތަކެއް ނިންމަން ބީއޭޕީސީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފި އެވެ.

މިމަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒްއެވެ. ބީއޭޕީސީ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އޮޕަރޭޝަން މެނޭޖަރު އަބްދުﷲ ޒުހައިރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އިރުޝާދިއްޔާ ސްކޫލްގައި އިމާރާތް ކުރަމުންދާ 12 ކްލާސް ރޫމުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާޅު ކޮށްފައިވަނީ 8.3 މިލިއަން ރުފިޔާ އަށެވެ.

މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފަައިވަނީ 300 ދުވަހެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދެވިއްޖެ ނަމަ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް