ކޮވިޑު ކޭހެއް ފެނިގެން ށ. މަރޮށި މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން އެ ރަށު ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި ރުޝްދާ މުހައްމަދު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ އެ ރަށު ފަޅުގައި އޮތް ދޯންޏެއްގެ މީހެއް ކަމަށެވެ.
"ރިލީޒް ސާމްޕަލް ޕޮޒިޓިވް ވީ" ރުޝްދާ ވިދާޅުވިއެވެ.
މަރޮށި މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާއިރު މިއަދު ޅ. ކުރެންދޫވެސް ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފައެވެ. މިހާރު ރާއްޖޭގެ 17 ރަށެއް ވަނީ މޮނީޓަރިން ހާލަތުގައެވެ. އޭގެ ތެރޭގައި ޅ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް