މޯލްޑިވްސް އިސްލާމިކް ބޭންކުން ވިސާ ޑެބިޓް ކާޑު ލޯންޗުކޮށްފިއެވެ.
އެ ބޭންކުން ބުނެފައިވާގޮތުގައި މި ކާޑު ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް ބެހެއްޓިފައިވާ ވިސާ ގަބޫލު ކުރާ ހުރިހާ ޕީއޯއެސް އަދި އޭޓީއެމް މެޝިންތަކަކުން ހިދުމަތް ހޯދޭނެއެވެ.
މިއަދު ބޭންކުން ލޯންޗުކުރީ ވިސާ ޕްލެޓިނަމް އަދި ވިސާ ގޯލްޑް ޑެބިޓު ކާޑެވެ.
ގޯލްޑް ކާޑާއިއެކު އެމްއައިބީއިން ވަނީ އެވްރީޑޭ ބެނެފިޓްސްގެ ނަމުގައި ޑިސްކައުންޓް ސްކީމްއެއް ތައާރަފްކޮށްފައެވެ. މިސްކީމުގެ ދަށުން ގިނަ އަދަދެއްގެ ފިހާރަތަކުން އެމްއައިބީ ކަސްޓަމަރުންނަށް ޑިސްކައުންޓް ލިބޭނެ ކަމުގައި އެ ބޭންކުން ބުނެއެވެ.
އެވްރީޑޭ ޑިސްކައުންޓް ސްކީމްގެ ތަފްސީލް Mib.mv/everyday އިން ލިބިލައްވާނެ ކަމުގައިވެސް އެ ބޭންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް