ނަދާވެސް ވެކްސިން ޖަހައިފި، ނަދާ އެދެނީ އެންމެންވެސް ވެކްސިން ޖެހުމަށް

ނަދާ ކްލިނިކް، ސެލޫން މޯލްޑިވްސް، އަދި ނަދާ ސެލޫން އެންޑް އެސްތެޓިކް ސްޓޫޑިއޯގެ ފައުންޑަރ އަދި ސީއީއޯ ނަދާ ފާތިމަތުގެވެސް އިލްތިމާސަކީ ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ ނަންގަވައި އަވަހަށް ވެކްސިންގެ ...

01 Apr 2021 | 13:34

ނަދާ ކްލިނިކް، ސެލޫން މޯލްޑިވްސް، އަދި ނަދާ ސެލޫން އެންޑް އެސްތެޓިކް ސްޓޫޑިއޯގެ ފައުންޑަރ އަދި ސީއީއޯ ނަދާ ފާތިމަތުގެވެސް އިލްތިމާސަކީ ހުރިހާ އެންމެންވެސް ފަރުދީ ޒިންމާ ނަންގަވައި އަވަހަށް ވެކްސިންގެ ދެ ޑޯޒު ހަމަކުރުމެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ނަދާ ބުނެފައިވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށެވެ.

"އަޅުގަނޑުވެސް ވެކްސިން ޖަހައިފިން، އަޅުގަނޑުގެ އާއިލާއާ، މަސައްކަތް ކުރާ ޓީމުވެސް ވެކްސިން ޖަހައިފި" ނަދާގެ އެ މެސެޖުގައި ބުނެފައިވެއެވެ.

ނަދާ އިތުރަށް ބުނެފައިވަނީ ކޮވިޑު މިވަނީ މުޅި ދުނިޔެއަށް ފެތުރި އެންމެންގެ ދިރިއުޅުން ހުއްޓުމަކަށް ގެނުވާފައި ކަމަށާއި މި ބަލިން ރައްކާތެރިވުމަށް އަދި މި ބަލި ކޮންޓްރޯލް ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށެވެ. ދެ ޑޯޒް ހަމަކުރުންވެސް ވަރަށް މުހިންމު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް