ބަންދުގައި ބަހައްޓައިގެން އިބްރާ ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރެފި

ބަންދުގައި ބަހައްޓައިގެން، އިބްރާހިމް އިސްމާއިލް (މަންދު އިބްރާ) ކޯޓަށް ހާޒިރު ކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ. ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދާ ސޮއިކޮށް އިއްޔެ ނެރެފައިވާ އެ އަމުރުގައި ބ...

01 Apr 2021 | 12:52

ބަންދުގައި ބަހައްޓައިގެން، އިބްރާހިމް އިސްމާއިލް (މަންދު އިބްރާ) ކޯޓަށް ހާޒިރު ކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދާ ސޮއިކޮށް އިއްޔެ ނެރެފައިވާ އެ އަމުރުގައި ބުނެފައިވަނީ ބަންދުގައި ބަހައްޓައިގެން އިބްރާހިމް އިސްމާއިލް ކޯޓަށް ހާޒިރު ކުރުމަށް  އަމުރު ނެރުނީ ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ އަމުރާއި ހަވާލުވެފައިނުވާތީކަމަށެވެ.

"މީނާ ބަންދުގައި ބަހައްޓައިގެން 4 އޭޕްރީލް 2021 ވަނަ ދުވަހުގެ 13:45 އަށް މި ކޯޓަށް ހާޒިރު ކުރުމަށް އަމުރުކުރަމެވެ" އެ އަމުރުގައި ބުނެފައިވެއެވެ.

https://twitter.com/ibramandhu/status/1377568582666645504

އެ އަމުރުގެ ފޮޓޯއެއް ޓްވީޓް ކުރަމުން އިބްރާ ބުނެފައިވަނީ ޗިޓެއް ހިފައިގެން އެ ގެއަކަށް ނުދާކަމަށާއި މިދިޔަ މަސް ދުވަހު އެހެން މައްސަލަތަކުގައި އެތައް ފަހަރަކު ކޯޓަށް ދިޔަ ކަމަށެވެ.

"ކޯޓުން އެތައް ޗިޓެއް މެއިލްއިންނާ ވައިބަރުންނާ މަށަށް ފޮނުވާ، ދެރޭ ކުރިންވެސް ފޮނުވި" އިބްރާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ފުރަތަމަ ރައީސްކަން ކުރެއްވި އިބްރާގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ އެކަމަކުވެސް ހެޔޮ ކަމަށާއި ހަމަ ގާނޫނު އަސާސީ ވިއްކާލީ ކަމަށެވެ. ޖޭއެސްސީގެ ބާރުވެސް އެނގިލައްވާކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް