ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބަކައި ނުލައި ކެންޑިޑޭޓު ނަމްބަރު ތިނެއް އަހުމަދު ރީހާން އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.
ރީހާން އިންތިހާބުގައި ވާދަ ކުރަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޓިކެޓުގައި އެވެ. އޭނާ އާއި އެކު މި އިންތިހާބުގައި އަމިއްލަ ގޮތުންވާދަކުރާ ކެންޑިޑޭޓަކާއި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދަ ކުރި އެވެ.
އޭގެ ތެރެއިން އަމިއްލަ ގޮތުން ވާދަ ކުރަން ހުށަހެޅި ކެންޑިޑޭޓު ވަނީ އިންތިހާބު ލަސްވުމުން ނަން އަނބުރާ ނަގާފައި އެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ހަސަން މޫސާގެ ކެންޑިޑޭސީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ30 ވަނަ ދުވަހު ބާތިލް ކުރީ ކެންޑިޑޭޓެއްގައި ގައި ހުންނަން ޖެހޭ ޝަރުތު ހަމަ ނުވާ ކަމަށް ކަނޑައަޅައެވެ.
އޭނާގެ ކެންޑިޑޭސީ ބާތިލް ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން ހަސަން މޫސާގެ ކެންޑިޑޭސީ ބާތިލް ކުރަން ކޯޓަށް ހުށަހެޅީ ކެންޑިޑެސީ ފޯމް ހުށަހެޅިއިރު ސާބިތު ހަރަދުގެ ގޮތުގައި 86،000 ރުފިޔާއަށް ވުރެ ގިނަ ރުފިޔާ ނުދައްކާފައި ހުރި ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުން ވަނީ އޭނާގެ ގައި ކެންޑިޑޭޓެއްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަނޑައަޅާފައި އެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީއެ ފައިސާ އޭނާ ދައްކާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް އެ ހުކުމުގައިވެ އެވެ.
އީސީން މިއަދު ވަނީ ހަސަން މޫސާގެ ކެންޑިޑޭސީ ބާތިކް ކުރިކަންވެސް އިއުލާނު ކޮށްފައި އެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް