"ޝަފުރާޒް" ބަންޑުންޖަހާލައިފި

ތިން މީހަކާއެކު މާލެއިން ތ. ގުރައިދޫ ދަތުރުކުރަމުން ދިޔަ ލޭންޑިންގް ކްރާފްޓް "ޝަފުރާޒް" ބަންޑުންޖަހާލައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަން ހަރަކާތްތެރިވާން ފަށައިފިއެވެ. މި ހާދިސާގެ ރިޕޯޓް ލިބި...

01 Apr 2021 | 09:39

ތިން މީހަކާއެކު މާލެއިން ތ. ގުރައިދޫ ދަތުރުކުރަމުން ދިޔަ ލޭންޑިންގް ކްރާފްޓް "ޝަފުރާޒް" ބަންޑުންޖަހާލައިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 13:13 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި ލޭންޑިންގް ކްރާފްޓް ތ. ގުރިއިދޫއަށް ވެއްދުމަށްޓަކައި އެހެން އުޅަނދެއްގެ ކަފު ޖަހައިގެން މަސައްކަތް ކުރަމުން އެބަ ދެއެވެ.

އަދި 13:45 ހާއިރު އެ ސަރަހައްދުން ދަތުރުކުރި ދޯންޏެއްވަނީ "ޝަފުރާޒް" ގައި ތިބި މީހުން ނަގައި، ތ. ދިޔަމިގިލީ ހެލްތް ސެންޓަރަށް ގެންގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

"ޝަފްރާޒް" ގައި ހުރީ ފެނަކަ ކޯޕަރޭޝަން ކާގޯގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ އެއްޗެއްސެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް