މާލެ ސަރަހައްދަށް އޮތް ކާފިއު އުވާލައިފި

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް، ރޭގަނޑު 23:00 އިން ފެށިގެން ފަތިހު 04:30 އަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު، އުވާލައިފިއެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރ...

01 Apr 2021 | 09:05

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް، ރޭގަނޑު 23:00 އިން ފެށިގެން ފަތިހު 04:30 އަށް މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ކާފިއު، އުވާލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދާދި ދެންމެ ނެރުއްވި އެންގުމެއްގައި ވިދާޅުވެފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެގައި މިހާރުން ފެށިގެން، ވަކިގޮތެއް އަންގަންދެން ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެ ގޮތުން، މާލެ ސަރަހައްދުގައި ދޭން ނިންމާފައިވާ ލުއިތަކަށް ބަލާއިރު އެޗްޕީއޭއިން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވައިލުމާއި، އެޗްޕީއޭން ކަނޑައަޅައިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅާ ގޮތެއްގެ މަތީން ހުޅުވައިލުމާއި، ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކްތައް ހުޅުވައިލުން ހިމެނެއެވެ.

މީގެ އިތުރުން، ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުޅުވައިލުމާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން، ރައްކައުތެރިކަމުގެ ފިޔަވަޅުތަކާއެކު ޕްރީސްކޫލްތަކާއި، ނާސާރީތަކުގައި ކިޔަވައިދިނުން ހުޅުވައިލުންވެސް ހިމަނާފައި ވެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް