ޖަރާސިމުން ތަޣައްޔަރުވެފައިވާ ޗީޒެއް ރާއްޖެ އެތެރެވެއްޖެ

ޖަރާސީމުން ތަޣައްޔަރުވެފައިވާ ކަމަށް ބެލެވޭ ލިސްޓީރިޢަ މޮނޯސައިޓޯޖީންސް ނަމަކަށް ކިޔާ ޗީޒްގެ ބާވަތެއް ރާއްޖެ އެތެރެވެފައި ވާތީ އެ ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓ...

01 Apr 2021 | 09:03

ޖަރާސީމުން ތަޣައްޔަރުވެފައިވާ ކަމަށް ބެލެވޭ ލިސްޓީރިޢަ މޮނޯސައިޓޯޖީންސް ނަމަކަށް ކިޔާ ޗީޒްގެ ބާވަތެއް ރާއްޖެ އެތެރެވެފައި ވާތީ އެ ނުވިއްކުމަށާއި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ.

މިކަން އެ އޮތޯރިޓީގެ ސަމާލުކަމަށް ގެނެސްފައި ވަނީ ޔޫރޮޕް ރެޕިޑް އެލާޓް ސިސްޓަމް ފޯރ ފޮޑް އެންޑް ފީޑުން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެއެވެ.

މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ހިރާސްގެ މިންވަރު މިހާރު ބަލަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުނެއެވެ.

މި ބާވަތުގެ ޗީޒްގެ ސަޕްލައިޔަރަކީ ސްކަމާރކް ކިޔާ ކުންފުންޏެއް ކަމަށް މައުލޫމާތު ލިބެއެވެ.

ދޭތެރެދޭތެރެއިން ދިވެހިރާއްޖެއަށް ރައްކާތެރި ނޫން ކާބޯތަކެތީގެ ބާވަތްތައް އެތެރކޮށް ވިއްކުމުގެ މަސައްކަތްކުރާ މައްސަލަތައް ފެންމަތިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް