ނާޒުކު ހާލަތުގައި ތިބި ރައްޔިތުންނަށް ސަރުކާރުން އެހީތެރިވަނީ

މޮނިޓަރިންގ ހާލަތަށް ގެނައުމާ ގުޅިގެން، 10 ރަށެއްގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފި...

01 Apr 2021 | 08:27

މޮނިޓަރިންގ ހާލަތަށް ގެނައުމާ ގުޅިގެން، 10 ރަށެއްގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޖެންޑާ މިނިސްޓްރީން ހާމަކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ  ރ.ހުޅުދުއްފާރު، އުނގޫފާރު، އަލިފުށި، މަޑުއްވަރި، ޅ.ނައިފަރު، ހިންނަވަރު، ކ.ދިއްފުށި، ހުރާ، ދ.މީދޫ އަދި ގދ.ތިނަދޫ މޮނިޓަރިންގ ހާލަތަށް ގެނައުމާ ގުޅިގެން އެ ރަށްރަށުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

އެގޮތުން އެ ރަށްތަކުގެ ކައުންސިލްތަކާއި ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މައުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ގުޅައި، ބޭނުންވާ އެހީތެރިކަން ދެނެގަނެ، "ކެއަރ ޕެކޭޖަސް" ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން 11 ރަށަކާއި ސިޓީތަކަށް 600 އަށްވުރެ ގިނަ ކެއަރ ޕެކޭޖް އަދި އެހީތެރިކަން ފޯރުކޮށްދީފައެވެ. އެއީ ހއ.ބާރަށް، ކުޅުދުއްފުށި ސިޓީ، ނ.ޅޮހި، ދ.ކުޑަހުވަދޫ، މ.ކޮޅުފުށި، ގއ.ދާންދޫ، ގއ.ދެއްވަދޫ، ގދ.ހޯޑެއްދޫ، ގދ.މަޑަވެލި، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް