ޅ ކުރެންދޫން ކޯވިޑް-19ގެ ވޭދަނަތަކެއް (ކޭސްތަކެއް) ފެނި މުޅި އަތޮޅަށް ބަލި ފެތުރިއްޖެއެވެ.
ކުރެންދޫ ސިއްހީ މަރުކަޒުން ހާމަކުރި ގޮތުގައި، ކުރެންދޫން ނެގި ސުންކުތަކުގެ ތެރެއިން ދެ ސުންކެއްގެ ނަތީޖާ ވަނީ ފައްސިވެފައެވެ. މިހާތަނަށް ކުރެންދޫން 166 ސުންކު ނަގާފައިވާއިރު ނަތީޖާ ލިބިފައި ވަނީ 100 ސުންކުގެ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެއެވެ.
އެނގިފައިވާ ގޮތުގައި އެ ރަށުން ފައްސިވެފައިވަނީ ބޮޑު މީހަކާއި ކުޑަކުއްޖެކެވެ. މިތަނުން އެކަކީ އެއަތޮޅުގެ ނައިފަރުން ފެނިފައިވާ އިހާ (ކްލަސްޓާރ)އާ ގުޅިގެން ފައްސިވި މީހެކެވެ. އަނެއް މީހާ ފައްސިވި ގޮތެއް ސާފެއް ނުވެއެވެ.
ކުރެންދޫން ބަލީގެ ވޭދަނަަތަކެއް ފެނުމާއެކު އެއަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން މިހާރު ވަނީ ކޯވިޑް-19 ފެނިފައެވެ.
އެގޮތުން ހިންނަވަރުން މިހާތަނަށް 20 މީހަކު ފައްސިވެފައި ވާއިރު، ނައިފަރުން ވަނީ 72 މީހަކު ފައްސިވެފައެވެ. އަދި އޮޅުވެލިފުށިން އެކަކު ވަނީ ޕޮސިޓިވް ވެފައި އެވެ.
ޅ އަތޮޅުން ވޭދަނަތަކެއް ފެނިފައިވާއިރު ކުރެންދޫ ފިޔަވައި ދެން ހުރި ރަށްތައް ވަނީ މޮނިޓަރިން އަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް