މެމްބަރު ޝިޔާމް ކޯވިޑުން ރަނގަޅު ވެއްޖެ

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޯވިޑް-19 އިން ރަނގަޅުވެއްޖެ އެވެ. ޝިޔާމް ޕޮޒިޓިވްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ޝިޔާމް ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ ދަތުރުކުރެއްވުމަށްޓަކައި އެ ދުވަ...

01 Apr 2021 | 06:51

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޯވިޑް-19 އިން ރަނގަޅުވެއްޖެ އެވެ.

ޝިޔާމް ޕޮޒިޓިވްވީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ޝިޔާމް ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ ދަތުރުކުރެއްވުމަށްޓަކައި އެ ދުވަހު ހެދި ޕީސީއާރް ޓެސްޓުންނެވެ.

ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 15 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރެއްވުމަށް ފަހު މިއަދު ބޭރަށް ނުކުމެވަޑައިގެންފައިވާ ކަމަށެވެ. އޭނާގެ ޓުވީޓުގައި ވަނީ ކަރަންޓީންގައި ހުރި މުއްދަތުގައި ހެޔޮ އެދޭ ފަރާތްތަކުން ފޮނުވި ހެޔޮ ދުއާގެ މެސެޖުތަކަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

ޝިޔާމްއަށް ކޯވިޑް ޖެހުނު ނަމަވެސް ސިއްހީ އެއްވެސް މައްސަލައެއް ދިމާ ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.

https://twitter.com/Shiyamaldives/status/1377467398098313218

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިވަގުތު ކޯވިޑް ޖެހިގެން ކަރަންޓީންގައި ހުންނެވީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިިޔާން އެވެ. އޭނާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ އާއިލާ މީހަކު ޕޮސިޓިވް ވެގެން ކޮންޓެކްޓެއްގެ ގޮތުގައި ހިމެނިގެން ޓެސްޓު ކުރުމުންނެވެ.

މީގެ ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕު ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް