މަސްނިމޭއިރު، ބާކީ ހުންނަ ޑޭޓާ ބޭނުން ކުރެވޭ ގޮތް އުރީދޫއިން ހަދަނީ

ކަސްޓަމަރުންގެ އަޑު އަހައި، މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތުގެ އުސޫލެއް ހަދައި މިމަހު އެއަށް އަމަލު ކުރަން ފަށާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމ...

01 Apr 2021 | 06:00

ކަސްޓަމަރުންގެ އަޑު އަހައި، މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ ބޭނުންކުރެވޭ ގޮތުގެ އުސޫލެއް ހަދައި މިމަހު އެއަށް އަމަލު ކުރަން ފަށާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފި އެވެ.

އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އެއްމަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަސް ފެށެންވާއިރަށް ކެނޑޭ މައްސަލަ އަކީ ހުރިހާ ކަސްޓަމަރުން ޝަކުވާ ކުރާ މައްސަލައެއް ކަމަށެވެ. ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނިޔާޒު ވިދާޅުވީ އެ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ، އެ މަހެއްގައި ބާކީ ހުންނަ ޑޭޓާ ބޭނުން ކުރެވޭނެ ގޮތުގެ އުސޫލެއް މިހާރު ހަދާފައިވާ ކަމަށާއި އެ އުސޫލަށް މިމަހު އަމަލު ކުރަން ފަށާނެ ކަމަށެވެ.

ނަމަވެސް، މިކަމާ ގުޅޭ މާ ބޮޑު ތަފްސީލެއް އޭނާ ނުދެއްވައެވެ. މިއީ ރާއްޖޭގައި މި ފަދަ އުސޫލެއް އެކުލަވާލެވޭ ފުރަތަމަ ފަހަރެވެ.

މަސް ނިމޭއިރު ބޭނުންނުކުރެވި ހުންނަ ޑޭޓާ އަނެއް މަހުގައި ބޭނުން ނުކުރެވޭ މައްސަލައަކީ ވަރަށް ގިނަ މީހުންގެ ޝަކުވާ ބޮޑުވެފައިވާ މައްސަލައެކެވެ.

ގިނަ މީހުން ދެކޭ ގޮތުގައި ގަނެފައިވާ އެއްޗެއް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުގެ އިހުތިޔާރެއް ވިއްކާ ފަރާތަކަށް ނޯންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް