'އެންސިސް މަސްވެރިންގެ ހަދިޔާ' 2020ގެ އިނާމް ހަވާލުކޮށްފި

އެންސިސް ފިޝަރީޒް ޕްރައިވެޓް އިން 2016 ވަނަ އަހަރު ތަޢާރަފު ކޮށް، ކުރިއަށްގެންދާ 'އެންސިސް މަސްވެރިންގެ ހަދިޔާ' ގެ 2020 ވަނަ އަހަރުގެ އިނާމް އިއްޔެ އެ ކުންފުނިން މަސްވެރިންނަށް ހަވާލު ކޮށްފިއެވެ. އެގޮ...

01 Apr 2021 | 05:37

އެންސިސް ފިޝަރީޒް ޕްރައިވެޓް އިން 2016 ވަނަ އަހަރު ތަޢާރަފު ކޮށް، ކުރިއަށްގެންދާ 'އެންސިސް މަސްވެރިންގެ ހަދިޔާ' ގެ 2020 ވަނަ އަހަރުގެ އިނާމް އިއްޔެ އެ ކުންފުނިން މަސްވެރިންނަށް ހަވާލު ކޮށްފިއެވެ.

އެގޮތުން، އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރާފައިވާ މަސް ދޯންޏަށާއި، އެންމެ ރަނގަޅު ކޮލެޓީގެ މަސް ކިރާފައިވާ ދޯންޏަށް އެންސިސް ފިޝަރީޒް އިން ދޭ ފައިސާގެ ރަމްޒީ އިނާމު ހަވާލުކޮށްދިނުމަށް އެ ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ވަނީ މަސްވެރިކަމުގެ ސިނާއަތުގެ އެންމެ ތަޖުރިބާކާރު އެއް ފަންނާނެއް ކަމުގައިވާ އަލްފާޟިލް އަދުނާނު އަލީ ވެސް ބައިވެރިވެ ވަޑައިގަނެފައެވެ.

އެންސިން ފިޝަރީޒް އޮފީހުގައި އިއްޔެ ބޭއްވި މި ހަފްލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަބްދުލް ވާޙިދު ތައުފީގު ވިދާޅުވީ، މި އިނާމަކީ ދިވެހި މަސްވެރިންގެ އަގު ވަޒަންކޮށް، މަސްވެރިންނަށް އިތުރަށް ހިތްވަރުދީ، އަދި އެ ކުންފުންޏާ މަސްވެރިންނާ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ ކުންފުނިން މަސްވްރިންނަށް ދެމުން އަންނަ އިނާމެއް ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރަކުވެސް މި އިނާމު ދެމުން އަންނާނެ ކަމަށް ވާޙިދު ވިދާޅުވިއެވެ.

އެންސިސް ފިޝަރީޒްއިން މަސްވެރިންނަށް ދޭ އިނާމުގެ ތެރެއިން އެންމެ ގިނައިން އެ ކުންފުންޏަށް މަސް ކިރާފައިވާ ދޯނިތަކުގެ ތެރެއިން އެއް ވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު، ދެ ވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 7500 ރުފިޔާގެ ފައިސާގެ އިނާމު އަންނަނީ ދެމުންނެވެ.

މީގެ އިތުރުން އެންމެ ރަނގަޅު ކޮލިޓީ (އޭ ގްރޭޑް) ގެ މަސް އެންމެ ގިނަ އަދަދަކަށް އެ ކުންފުންޏަށް ކިރާ ދޯންޏަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދެއެވެ.

2020 ވަނަ އަހަރު އެންސިސް ފިޝަރީޒް ފެކްޓަރީއަށް އެންމެ މަތީ އަދަދަކަށް ބޮޑުކައްނެލި ކިރުވައި، އެއްވަނަ ޙާސިލް ކޮށްފައި ވަނީ ދ.ކުޑަހުވަދޫ އަލިރާސްތާ ދޯންޏެވެ.

ދެވަނައަށް އއ. ރަސްދޫ ޒޫމް ފިޝަރ ހޮވިފައި ވާއިރު، ތިންވަނައަށް ހޮވިފައި ވަނީ ދ. ބަނޑިދޫ ކުރިމަގު - 1 ކަންނެލި ދޯންޏެވެ.

ކުރިމަގު- 1 ކަންނެލި ދޯނި ވަނީ 2020 ވަނަ އަހަރު އެންސިސް ފިޝަރީޒް ފެކްޓަރީއަށް ބޮޑުކައްނެލި ކިރުވާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަދަދަކަށް " A ގްރޭޑް" ފެންވަރުގެ ބޮޑުކައްނެލި ކިރުވާފައިވާ އެވޯޑުވެސް ހާޞިލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް