މި ފަހުން ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ ޗުއްޓީ މަންޒިލަކަށް ދިވެހިރާއްޖެ ވެފައިވާއިރު، މަދޫރީ ޑިކްސިޓް ވެސް ދިވެހިރާއްޖެ އައިސްފިއެވެ.
ގިނަ ތަރިންތަކެއް ރާއްޖޭގައި ޗުއްޓީ ހޭދަކޮށް މީސްމީޑިޔާގައި ދޫކޮށްލި ހިތްގައިމު ފޮޓޯތައް ބަލައި، ރާއްޖެ ނައިސް ކެތްނުކުރެވިގެން މަދޫރީ އާއި އޭނާގެ އާއިލާ މިވަނީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސް، ސޮނޭވާ ޖާނީ ރިސޯޓުގައި ދުވަސްތައް ހޭދަކުރަން ފަށާފައެވެ.
މި ގޮތުން، ދުވަސްތައް ހޭދަކުރަމުން ދާއިރު، އެ ރިސޯޓުގެ ވިލާއެއްގައި މޫދު ފެންނަ ގޮތަށް ހުއްޓިލައިގެން ހުރެ ނަގާފައިވާ މަދޫރީގެ ރީތި ފޮޓޯއެއް އިއްޔެ މީސްމީޑިޔާއަށް ދޫކޮށްލާފައި ވެއެވެ. ''ހެލޯ ޕެރަޑައިސް'' ކެޕްޝަންކޮށް މީސްމީޑިޔާ ފާރުތަކަށް ދޫކޮށްލުމާއެކު ގިނަ ބަޔަކު ވަނީ ދިވެހިރާއްޖެއަށް މަރުހަބާ ކިޔާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ކޮރިއޮގްރާފާ ފަރާ ހާންވެސް ހިމެނެއެވެ.
https://twitter.com/MadhuriDixit/status/1376913937204092929
މަދޫރީ އޭނާގެ އާއިލާއާއެކު ޗުއްޓީއަށް ރާއްޖެ އައުމުގެ ކުރިން ދަރިފުޅު އަރިން އާއެކު މުމްބާއީ އެއާޕޯޓުން ނަގާފައިވާ ވީޑިއޯއެއް ވަނީ ކުރިން ހިއްސާކޮށްފައެވެ.
މަދޫރީ އެންމެ ފަހުން ޓީވީން ފެނިގެން ގޮސްފައިވަނީ ރިއަލިޓީ ޑާންސް ޝޯ ''ޑާންސް ދީވާނޭ 3'' އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް