ބޮލީވުޑްގެ ތަރިންގެ މެދުގައި އޮތް އާންމުކޮށް ނޭނގޭ ގުޅުންތައް!

ބޮލީވުޑްގައި މަޝްހޫރު ތަރިންނަކީ ފިލްމީ ދާއިރާއަށް ވަންނަ ހިސާބުން އެކުވެރިންގެ ގޮތުގައި ވާ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެގޮތުން ބައެއް މަޝްހޫރު ފިލްމީ ތަރިންނާއި މަޝްހޫރު ޑައިރެކް...

01 Apr 2021 | 05:22

ބޮލީވުޑްގައި މަޝްހޫރު ތަރިންނަކީ ފިލްމީ ދާއިރާއަށް ވަންނަ ހިސާބުން އެކުވެރިންގެ ގޮތުގައި ވާ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

އެގޮތުން ބައެއް މަޝްހޫރު ފިލްމީ ތަރިންނާއި މަޝްހޫރު ޑައިރެކްޓަރުންގެ މެދުގައި ހާއްސަ ގާތް ކަމެއް އުފެދިގެންދާތަން ފެންނަ އިރު އެ ބަޔަކު ވަރަށް ގާތް ގުޅުމެއް ބާއްވާތަން ފެނެވެ. އެކަމަކު އޭގެ ފަހަތުގައި ވާ ބައެއް ހަގީގަތްތައް އެނގޭ މީހުން ވަރަށް މަދެވެ.

ތިރީގައި އެވަނީ ބޮލީވުޑްގެ ބައެއް މަޝްހޫރު ފަރާތްތަކުގެ މެދުގައި އޮތް އާންމުންނަށް ނޭނގޭ ބައެއް ގުޅުންތަކުގެ ވާހަކަ އެވެ.

އަމިތާބު ބައްޗަންގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަން ނަންދާ އާއި ކަރީނާ ކަޕޫރު، ރަންބީރު ކަޕޫރު އަދި ކަރިޝްމާ ކަޕޫރާއި އޮންނަ ގުޅުން އެނގޭ ހެއްޔެވެ. ޝްވެތާގެ ފިރިމީހާ ނިކިލް ނަންދާގެ މަންމަ އަކީ ކަރީނާ އާއި ކަރިޝްމާ އަދި ރަންބީރުގެ ބައްޕަ ފަރާތު ބޮޑުދައިތަ ރީތޫ ނަންދާ އެވެ.

ރާނީ މުކަރުޖީ އާއި ކާޖޮލް އަކީ ދެބެންގެ ދެ ދަރި ދެބައިން ނެވެ. މި ދެތަރިން ބޮލީވުޑަށް ތައާރަފު ވެގެން އައީ ވަރަށް އެކުއެކީގައި ކަމަށްވާއިރު ވަރަށް ބޮޑު ވާދަ ވެރިކަމެއް ކާޖޮލް އާއި ރާނީގެ މެދުގައި އުފެދިފައިވެ އެވެ.

ކާޖޮލް އާއި ރާނީގެ ބައްޕަ އަކީ ދެބެންގެ ދެދަރި ދެމީހުންނެވެ.

ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ޝަބާނާ އަޒްމީ އާއި ތާބޫގެ ގުޅުން އެނގޭ ހެއްޔެވެ. ޝަބާނާ އަކީ ތާބޫގެ ބޮޑުދައިތައެކެވެ. ޝަބާނާ އާއި ތާބޫގެ ބައްޕަ ޖަމާލް ހާޝިމީ އަކީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.

ޝްރައްދާ ކަޕޫރާއި ލަތާ މަންގޭޝްކަރާއި އާޝާ ބޯސްލޭ އަކީ އާންމުކޮށް ނޭނގޭ ގާތް ގުޅުމެއް އޮތް ބައެކެވެ. އެންމެންނަށް އެނގޭގޮތުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ލަތާ އާއި އާޝާ އަކީ އާއިލީ ގުޅުން އޮތް ބައެކެވެ.

ލަތާ އާއި އާޝާގެ ދެބެންގެ ދެ ދަރި ބޭބެ އަކީ ޝްރައްދާގެ ކާފަ އެވެ.

މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރާއި އަދިތްޔާ ޗޯޕްރާ އަކީ ދެބެންގެ ދެ ދަރި ދެ މީހުންނެވެ. އެކަން އެނގޭ ބަޔަކު ވަރަށް މަދެވެ. ކަރަންގެ މަންމަ ރިހޫ ޖޯހަރަކީ އަދިތްޔާގެ ބައްޕަ ޔަޝް ޗޯޕްރާގެ ކޮއްކޮ އެވެ.

މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި ރަންވީރު ސިންގް އަކީވެސް އާއިލީ ގުޅުން އޮތް ދެމީހުންނެވެ. ސޯނަމްގެ މަންމަ ފަރާތު މާމަ އާއި ރަންވީރުގެ ބައްޕަ ފަރާތު ކާފަ އަކީ ދެބެންގެ ދެ ދަރި މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް