އޭއެފްސީކަޕްގެ "ހުވަފެނީ ޓީމު" ނުވަތަ "ޑްރީމް ޓީމް" ހޮވުމަށްޓަކައި އޮންލައިންކޮށް ވޯޓުލުމަށް ހުޅުވާލައި، އޭޝިއާގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ރާއްޖޭގެ އެންމެ މަޤްބޫލް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤު (ދަގަނޑޭ) ހިމަނައިފިއެވެ.
އޭއެފްސީގެ ރަސްމީ ވެބްސައިޓްގައި ވަނީ އެންމެ މޮޅު ފޯވާޑުންގެ ގޮތުގައި 13 ކުޅުންތެރިޔަކު އިޢުލާންކޮށްފައެވެ. އެ ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ކުޅުންތެރިޔާ ސުނިލް ޗެތުރީ އާއި ދިވެހިރާއްޖޭގެ ފުޓުބޯޅައިގައި ރަސްކަން ކުރަމުންދާ ޢަލީ އަޝްފާޤު ހިމެނެއެވެ.
އޭއެފްސީގެ "ޑްރީމް ޓީމް"ގައި ހިމަނާނެ ފޯވާޑެއް ހޮވުމަށް މިހާރުވޯޓުލުން ކުރިއަށްދާއިރު، މާދަމާ މެންދުރުފަހު 2:00ގެ ނިޔަލަށް ވޯޓު ލުމުގެ ފުރުސަތު ހުޅުވާލެވެފައި އޮންނާނެއެވެ.ފުޓުބޯޅައިގެ 3-4-3 ފޯމޭޝަނަށް އެކުލަވައިލާ ހުވަފެނީ ޓީމަށް ތިން ފޯވާޑުން ހޮވާނެއެވެ. އެ ތިން ފޯވާޑުން ހޮވާނީ ލިސްޓުގައި ހިމެނޭ 13 ފޯވާޑުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ތިން ކުޅުންތެރިން ހިމަނައިގެންނެވެ.
މި ވޯޓާއިއެކު އަޝްފާޤަށް، އަދި ރާއްޖޭގެ ފުޓްބޯޅައަށް އަނެއްކާވެސް ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމުގެ ފުރުސަތު ލިބުނުއިރު، މީގެ ކުރިން އޭއެފްސީން އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ދީ، ބްރެކެޓް ޗެލެންޖެއް ބޭއްވިއިރު، އަޝްފާޤު ވަނީ އެ ޗެލެންޖު ކާމިޔާބު ކޮށްފައެވެ.
އަޝްފާގް އެންމެ ފުރަތަމަ އޭއެފްސީ ކަޕްގައި ބައިވެރިވީ އުމުރުން 18 އަހަރުގައެވެ. އޭނާ ވަމީ އެ މުބާރާތުގައ މޮޅު ކުޅުމެއް ދައްކައި، ދިވެހިރާއްޖެއަށް ރީތިނަން ހޯދައިދީފައެވެ.
https://www.the-afc.com/competitions/afc-cup/latest/news/afc-cup-all-time-best-xi-the-strikers
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް