ދެ ކައުންސިލެއްގެ އިސް ބޭފުޅުންތަކެއް މަގާމުން އިސްތިޢުފާދެއްވައިފި

ދެ ކައުންސިލެއްގެ އިސް މަގާމުތަކެއްގައި ތިބެއްވި ދެ ބޭފުޅަކު އެ މަގާމުތަކުން އިސްތިޢުފާ ދެއްވައިފިއެވެ. އިސްތިޢުފާ ދެއްވާފައި ވަނީ އދ، އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު އާއި ހދ. ވައިކަ...

01 Apr 2021 | 04:09

ދެ ކައުންސިލެއްގެ އިސް މަގާމުތަކެއްގައި ތިބެއްވި ދެ ބޭފުޅަކު އެ މަގާމުތަކުން އިސްތިޢުފާ ދެއްވައިފިއެވެ.

އިސްތިޢުފާ ދެއްވާފައި ވަނީ އދ، އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ރަޝީދު އާއި ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނަސީމްއެވެ.

މަގާމުން އިސްތިއުފާ ދެއްވި ނަސީމް މީޑިއާއަށް ވިދާޅުވީ، އަންނަމަހު ކައުންސިލް އިންތިހާބު ބާއްވާއިރު، ކައުންސިލް މެމްބަރުން ހޮވުމުން މިހާރު ކައުންސިލް މެމްބަރުގެ މަގާމުތަކުގައި ތިބި މީހުން ވަޒީފާ ހޯދަށް ޖެހޭނެ ކަމަށެވެ.

އެގޮތުން އެޑިއުކޭޝަނުން ވަޒީފާގެ ފުރުސަތު ލިބުމުން، މަގާމުން އިސްތިއުފާ ދެއްވީ ކަމަށް ނަސީމް ވިދާޅުވިއެވެ.

ނަމަވެސް، އަހުމަދު ރަޝީދު މަގާމުން އިސްތިޢުފާދެއްވި ސަބަބު ސާފުވެފައެއް ނުވެއެވެ.

މި ދެ ބޭފުޅުން ވެސް އިސްތިޢުފާދެއްވީ އިއްޔެ ކަަމަށް ދުވަސްއަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް