ގައުމީ ޔުނިވާސިޓީގެ ދަނާލު ފީ މާފުކޮށްދީފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލު ފީ މާފުކޮށްދީފި އެވެ. އެމްއެންޔޫގެ ވައިސް ޗާންސެލާ ހަސަން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނާލު ފީ މާފުކޮށްދިނީ މިހާރު ފެތުރެމުންދާ...

01 Apr 2020 | 11:52

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަނާލު ފީ މާފުކޮށްދީފި އެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ ހަސަން ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނާލު ފީ މާފުކޮށްދިނީ މިހާރު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

އެގޮތުން މިދިޔަ މަހާއި މިމަހުގެ ދަނާލު ފީ މިހާރު މާފްކޮށްދީފައިވާ ކަމަށް އޭނާގެ ޓްވީޓްގައި ވިދާޅުވި އެވެ.

https://twitter.com/hsn_hameed/status/1245266764956667905

މާލޭގެ އިތުރުން ރާއްޖޭގެ ތިން ސަރަހައްދެއްގައި އެމްއެންޔޫގެ ދަނާލު ހުރެއެވެ. އެއީ ގދ. ތިނަދޫ، އައްޑޫ ސިޓީ ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައި ހުންނަ ދަނާލެވެ. މާލެ ހިމެނޭ ގޮތަށް ހުރިހާ ދަނާލުތަކުގައި ޖުމްލަ 168 ދަރިވަރުން ތިބެ އެވެ.

ރަށްރަށުގައި ހުންނަ ދަނާލުތަކުން ކުއްޖެއްގެ އަތުން ފީއެއްގެ ގޮތުން 500 ރުފިޔާ ނަގައެވެ. އަދި މާލޭގައި ހުންނަ ދަނާލުގައި ދެކުދިން ތިބޭ ކޮޓަރިތަކުން 900 ރުފިޔާ އަދި އެކަނި ދަރިވަރަކު އުޅޭ ކޮޓަރިތަކުން 1200 ރުފިޔާ ދަރިވަރެއްގެ އަތުން ނަގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް