ލަންކާގައި ތިބި ބިދޭސީންގެ ވިސާއަށް އަނެއްކާވެސް އެއް މަސް އިތުރުކޮށްދީފި

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 އާއި ގުޅިގެން ތާށިވެފައި ތިބި އެހެން ގައުމުތަކުގެ މީހުންނަށް އަނެއްކާވެސް އެއް މަސްދުވަހުގެ ވިސާ ޖަހައިދީފި އެވެ. ކާފިއު އިއުލާނު ކުރުމުގެ ކުރިން މުޅި ގައުމުގެ ދަތު...

01 Apr 2020 | 11:24

އަވައްޓެރި ސްރީލަންކާގައި ކޯވިޑް-19 އާއި ގުޅިގެން ތާށިވެފައި ތިބި އެހެން ގައުމުތަކުގެ މީހުންނަށް އަނެއްކާވެސް އެއް މަސްދުވަހުގެ ވިސާ ޖަހައިދީފި އެވެ.

ކާފިއު އިއުލާނު ކުރުމުގެ ކުރިން މުޅި ގައުމުގެ ދަތުރުފަތުރު ހުއްޓާލާއި ލަންކާ ސަރުކާރުން ނިންމީ އެ ގައުމުގައި ތިބި ހުރިހާ ބިދޭސީންގެ ވިސާ އެއް މަސް ދުވަހަށް އިތުރުކޮށްދޭށެވެ. އެ މުއްދަތު ހަމަވާނީ މިމަހުގެ12 ވަނަ ދުވަހަށެވެ.

މިއަދު އަނެއްކާވެސް ލަންކާ ސަރުކާރުން ވަނީ އެއް މަސްދުވަހަށް އިތުރު ކުރުމަށް ނިންމާފައި އެވެ. މި ނިންމުމާއި އެކު އެ ގައުމުގައި އެކި ވިސާތަކުގައި މިވަގުތު ތިބި އެންމެންނަސް ވިސާގެ މުއްދަތު އާވާނެ އެވެ.

ފުރަތަމަ ވިސާގެ މުއްދަތު އިތުރު ކުރިއިރު، ލަންކާގެ އިމިގްރޭޝަނަށް ހާޒިރުވާން އެންގިޔަސް، މިފަހަރު ލަންކާ ސަރުކާރުން އެންގީ ޕާސްޕޯޓުގައި ތައްގަނޑު ޖަހާ ފީދައްކަން އިމިގްރޭޝަނަށް ނުދިއުމަށެވެ. އެކަމުގައި އަމަލު ކުރަންވީ ގޮތް ފަހުން އަންގާނެ ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ވިސާ އިތުރު ކޮށްފައިވާ މުއްދަތުގައި ލަންކާއިން ފުރަން ބޭނުންވާ ނަމަ، އިތުރު ޖޫރިމަނާއަކާ ނުލައި އެއާޕޯޓަށް ވިސާ ފީ ދެއްކުމަށް ފަހު ފުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އެކަމަކު އެ މުއްދަތުގައި ފުރުމުގެ ކުރިން ލަންކާ ސަރުކާރަށް އެކަން އަންގަން ވަނީ އެދިފަ އެވެ.

ސްރީލަންކާގައި15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅޭ އިރު ލަންކާގައި ކުއްލި ހާލަތު އިއުލާނުކޮށް މުޅި ގައުމު ބަންދު ކުރި އިރު ގިނަ އަދަދެއްގެ ދިވެހިން އޮން އެރައިވަލް ވިސާގައިވެސް ގޮސް ތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް