ކޯވިޑް-19: ވެލާނާ އެއާޕޯޓުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި އެމްއޭސީއެލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ. އެމްއޭސީއެލްއިން ބުނީ ވީ...

01 Apr 2020 | 11:12

ކޯވިޑް-19 އާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ރައްކާތެރިކަމަށްޓަކައި އެމްއޭސީއެލްއިން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފިއެވެ.

އެމްއޭސީއެލްއިން ބުނީ ވީއައިއޭގައި ފަސިންޖަރުންގެ "ޓެޗް ޕޮއިންޓް"ތައް ސެނިޓައިޒް ކުރުމާއި ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭގޮތުން އެމްއޭސީއެލްއިން ހިއްސާކުރި ވީޑިއޯއިން ފެންނަނީ ފަސިންޖަރުން ބޭނުންކުރާ ޓްރޮލީ ފަދަ ތަކެތި ފަސިންޖަރުން އައުމުގެ ކުރިން ސެނިޓައިޒްކޮށް، ޑިސްއިންފެކްޓް ކޮށްފައި ހުންނަ ތަނެވެ. އެއާޕޯޓުގައި ބޭނުންކުރާ ބަސްތަކާއި ބެގެޖު ބެލްޓް ޑިސްއިންފެކްޓު ކުރެއެވެ.

https://twitter.com/MACLmedia/status/1245053109237211136

މީގެ ކުރިން ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެމްސީއެލްއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެއާޕޯޓްގެ މަގުތަށް ޑިސްއިންފެކްޓް ކުރުމުގެ އިތުރުން ވީއައިއޭއިން ފުރާ މީހުންގެ ޓެމްޕަރޭޗާ ސްކްރީންކުރެއެވެ. ހަމައެއާއެކު ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޯވިޑް19 ކޯޑިނޭޓިން ސެންޓަރެއް ވެސް އެމްއޭސީއެލްއިން ވަނީ ގާއިމުކޮށްފައެވެ.

މީގެ އިތުރުން މި މަހުގެ 27 ގެ ނިޔަލަށް ކޮންމެ ދުވަހަކު ރޭގަނޑު 9:00 އިން ހެނދުނު 6:00 އަށް އެއާޕޯޓް ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އެއާޕޯޓުގައި އައިސޮލޭޝަން ފެސިލިޓީއެއްވެސް ވަނީ ގާއިމުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް